Advertisement
ކ. މާލެ
|
29 ޑިސެންބަރ 2018 | ހޮނިހިރު 13:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
ދައުލަތުގެ މީޑިޔާއާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން: ރައީސް
ވޭތުވެދިޔަ ސަރުކާރުގައި ޕީއެސްއެމް ހިންގާފައިވާ ގޮތުން ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކެއް ހުރި
ހާމަކުރާ މައުލޫމާތަކުން އެއްވެސް ނޫސްވެރިއަކަށް ނުހައްގު އަދަބުނުލިބޭނެ

ސަރުކާރުގެ އެއްވެސް ނުފޫޒެއް ދައުލަތުގެ މީޑިއާއަށް ސަރުކާރުން ނުފޯރުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ އަޑަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެ މަނިކުފާނު ވިދާޅުވީ  (ޕީއެސްއެމް) އަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި ޕީއެސްއެމްއަކީ ރައްޔިތުންގެ މީޑިއާކަށް ހަދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުގައި ޕީއެސްއެމް ހިންގާފައިވާ ގޮތުން ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި، ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ޕީއެސްއެމްއަކީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި، މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމުގެ ފުރުސަތު ދިނުން ކަމަށެވެ. ދައުލަތުގެ މީޑިއާއަކީ ރައްޔިތުން ބަލައިގަންނަ އިތުބާރު ކުރެވޭ މީޑިއާއަކަށް ހައްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މީޑިއާއަކުން ހާމަކުރާ މައުލޫމާތަކުން އެ މަނިކުފާނުގެ ސަރުކާރުން އެއްވެސް  ނޫސްވެރިއަކަށް ނުހައްގުން އަދަބު ނުދެއްވާނެ ކަމަށެވެ.

ނޫސްވެރިންނަކީ މިނިވަންކަމާ އެކު މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށާއި، ރައްޔިތުންނަށް ޚަބަރުތަށް ގެނެސްދޭއިރު، ނޫސްވެރިން ވާންޖެހޭނީ ތެދު ޚަބަރު ގެނެސްދޭ ބަޔަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ނޫސްވެރިން އެ މީހުންގެ ބޮލުގައި އެޅިފައިވާ މި ބޮޑު ޒިންމާ ހަދާންނައްތާނުލުމަށް ރައީސް ވަނީ ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 ޑިސެންބަރ 2018 | ހޮނިހިރު 19:11
އެޗެއް ނުކިޔޭނެ
ނުބެހޭނެ އެކަމަކު ބޭނުންހާ އެޗެއް ނުކިޔޭނެ، މިންގަނޑު އޮންނާނެ