Advertisement
ކ. މާލެ
|
29 ޑިސެންބަރ 2018 | ހޮނިހިރު 13:40
ދާއިރާގެ ރައްޔިތުން ވެސް އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ފާހަގަކުރި ކަމަކީ ގެދޮރުގެ ދަތިކަން: ހަސަން ލަތީފް
ދާއިރާގެ ރައްޔިތުން ވެސް އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ފާހަގަކުރި ކަމަކީ ގެދޮރުގެ ދަތިކަން: ހަސަން ލަތީފް
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ 2018
ބޯހިޔާވަހިކަމަކީ ސަރުކާރުގެ ސިޔާސަތެއްގެ ތެރެއިން ކުރާ ކަމެއް، ކުންުފުންޏަކުން ކުރާ ކަމެއް ނޫން: ހަސަން ލަތީފް
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ބޯހިޔާވަހި ކަމަށް އިސްކަން ދިން

ބޯހިޔާވަހިކަަމަކީ ކޮންސްޓްރަކްޝަން ކުންފުންޏަކުން ކުރެވޭ ކަމެއް ނޫން ކަމަށާއި އެ ކަމަކީ ސަރުކާރުގެ ސިޔާސަތެއްގެ ތެރެއިން ކުރެވޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ޗެއަރޕާރސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުން ވެސް އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ފާހަގަކުރި ކަމަކީ ގެދޮރުގެ ދަތިކަން ކަމަށެވެ.

އެމްްޑީޕީ އިސްވެ އޮވެ އުފައްދާފައިވާ ސަރުކާރަށް ނިސްބަތްކުރައްވައި ހަސަން ލަތީފް ވިދާޅުވީ ސަރުކާރަށް މާލޭގެ ގެދޮރުގެ ދަތިކަމަށް ހައްލު ގެނެވޭނެ ކަމަށާއި އެއީކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މާލޭގެ ގެދޮރުގެ ދަތިކަމަށް ހައްލު ގެނެވޭނެ. އެއީކީ ނުކުރެވޭނެ ކަމެއް ނޫން. އެމްޑީޕީގެ ވިސްނުމެއް އެބަ އޮތް މި މާލޭގައި އޮތް ތޮއްޖެހުން ނައްތާލުމަށްޓަކައި. އަޅުގަނޑުމެންގެ މި ވިިސްނުމުގެ ތެރެއިން  މާލޭގައި ބޯހިޔާވަހިކަން އަދި މާލެ އާއި އެކީގައި ހުޅުމާލޭގައި ބޯހިޔާވަހިކަން އަނެއްކާ ވެސް އަޅުގަނޑުމެން ހޯދައި އެ ބޯހިޔާވަހި ކަމަށް މާލޭގެ ރައްޔިތުންނަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ފަސް އަހަރުގެސަރުކާރުގަ ނިމުމުގެ ކުރިން އެކަން އަޅުގަނޑުމެންނަށް ކުރެވޭ،" ހުކުރު ދުވަހުގެރޭ ހަސަން ލަތީފްގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ އެކަމަށް ބޭނުންވެފައި ތިބީ ކިހާ ބައެއްތޯ އަދި އެކަމަށް ހިނގާނީ ކިހާ ޚަރަދެއްތޯ ބަލައި ސަރުކާރުގެ ސިޔާސަތަކަށް ގެންނަ ބަދަލަކުން ފޯރުކޮށްދެވޭ އެއްޗެއް ކަމަށާއި އެއީ ކޮންސްޓްރަކްޝަން ކުންފުންޏަކަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ

"ހަމަގައިމު ވެސް މި ހެންވޭރުގައި މަދު މީހެއް މަދު ރައްޔިތެއް ފިޔަވާ ދެން ތިއްބެވި ހުރިހާ ބޭފުޅުންނަކީ ފްލެޓުގެ ޝަރުތު ހަމަވާ ބޭފުޅުން. އެހެންވީމައި އެއީ އެންމެ ފަރުދަކަށް އެންމެ ކުންފުންޏަކަށް ކުރެވޭނެ ކަމެއް ނޫން"

މި ޖަގަހަ ޖަލްސާގައި ރައިސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމާއި، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލްއާއި،ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިނގިރޭސިވިލާތަށް ކަނޑައަޅުއްވި ޓްރޭޑް އެމްބަސެޑަރ މުހައްމަދު ނަޒީރުގެ އިތުރުން އެމްޑީޕީގެ އިސްވެރިންނާއި ހެންވޭރު ހުޅަނގަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް