Advertisement
ކ. މާލެ
|
28 ޑިސެންބަރ 2018 | ހުކުރު 23:27
އެމްޓީޑީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން
އެމްޓީޑީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޓީޑީ ޕާޓީ
އެމްޓީޑީގެ ހަމަލާތައް އިލެކްޝަންސްއަށް: ސިޔާސީ ނުވޭ
އިންތިޤާލީ މަރުހަލާއަސް ހުރަސްނޭޅުމަށް ޕާޓީން ގޮވާލައިަފއިވޭ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޕާޓީގެ ރައީސްކަމަށް އައްޔަންނުކުރެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން އިލެކްޝަންސް ކޮމިޝަނަށް ރައްދުދީފި އެވެ. 

އެމްޓީޑީ ބުނީ ރަޖިސްޓްރީކުރެވިފައިވާ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ސިޔާސީ ޕަޓީތަކުގެ ޤާނޫނުގެ ދަށުން، އެ ޕާޓީގެ އަސާސީ ގަވައިދާއި އެއްގޮތަށް އިންތިޤާލީ ރައީސްއެއް ކަނޑައެޅުމުގެ ހައްޤު ޕާޓީއަށް ލިބިގެންވާކަމަށެވެ. އަދި ޕާޓީން ދެކޭގޮތުގައި އެ މަރުހަލާއަށް އިލެކްޝަންސް ކޮމިޝަނަށް ހުރަސް ނޭޅޭނެކަމަށާއި، އިލެކްޝަންސް ކޮމިޝަން ސިޔާސީ ނުވުމަށް ގޮވާލާކަމަށެވެ. 

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ރައީސަކަށް އަދީބު އައްޔަންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރެ އެވެ. އަދީބަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ބޭފުޅަކަށްވާތީ އޭނާއަށް ސިޔާސީ ޕާޓީއެއްގެ ރައީސަކަށް ވެވިދާނެތޯ ރާއްޖެއެމްވީން ސުވާލު ދެންނެވުމުން ޝަރީފު ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އިންތިގާލީ މަރުހަލާގައިވެސް ގައިދީއަކު ޕާޓީގެ އިސް މަގާމަކަށް ގެނައުމަށް އެ ގާނޫނު ހުއްދަ ނުކުރާ ކަމަށެވެ. 

ތިން ކުށެއް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބު، އެމްޓީޑީގެ ރައީސަކަށް ހަމަ ޖައްސަން ނިންމީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި އަށް މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ޕާޓީން ވަނީ ބުނެފައި އެވެ. 

ސިއްހީ ހާލަތު ހުރި ގޮތުން ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް އަދީބު ގެއަށް ބަދަލުކޮށްފައި ހުންނެވިއިރު، އެމްޓީޑީ އުފެއްދުމުގެ މަސައްކަތް ފެށީ އޭގެ ފަހުންނެވެ. އަދި އެ ޕާޓީގެ ފުރަތަމަ މެމްބަރެއްގެ ގޮތުގައި ސޮއި ކުރެއްވީ ވެސް އަދީބެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް