Advertisement
ކ. މާލެ
|
28 ޑިސެންބަރ 2018 | ހުކުރު 23:34
އަހުމަދު ނަސީމް، ހަސަން ލަތީފްގެ ކެމްޕޭން އިވެންޓުގައި
އަހުމަދު ނަސީމް، ހަސަން ލަތީފްގެ ކެމްޕޭން އިވެންޓުގައި
މުހައްމަދު ޝަރުހާން
މަޖިލީސް ޕްރައިމަރީ
އެމްޑީޕީން ނިކުންނަން ޖެހެނީ ލީޑަރުން، ވެރިންނެށް ނޫން: ނަސީމް
މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދޭންޖެހޭ

ރައްޔަތުންގެ މަޖިލީހަށް އެމްޑީޕީން ނިކުންނަން ޖެހެނީ ލީޑަރުން ކަމަށާއި، ވެރިން ނޫން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. 

ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ޗެއަރޕާރސަން ހަސަން ލަތީފުގެ ކެމްޕެއިން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ހަސަން ލަތީފް ވަރުގެ ގާބިލް ބޭފުޅެއް ނުފެންނަކަމަށާއި، އެބޭފުޅާއަށް ތާއީދު ހޯދުމަށް އެކްޓިވް ކޮށް މަސަތްކަތް ކުރާނެކަމަށެވެ. މީގެއިތުރުން ނަސީމް ވަނީ ފާއިތުވެގެންދިޔަ ސަރުކާރުގައި އެމްޑީޕީން ތަހައްމަލް ކުރަންޖެހުނު ދަތި ދުވަސްވަރުގައި ހިކްމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ޕާޓީގެ ކަންކަން ބަލަހައްޓައި ހިތްވަރާއެކު އިސްކޮށްހުންނަވައި މަސަތްކަތްކުރި ކަމަށްޓަކައި ހަސަން ލަތީފަށް ޝުކުރު ދަންނަވާފައެވެ. 

ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވަނީ ދާއިރާއަށް ހޮވިއްޖެނަމަ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި މަސަތްކަތްކުރާނެކަމަސް ވިދާޅުވެފައެވެ. މީގެއިތުރުން ހަސަން ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމަށަޓަކައި ގާނޫނުހަދާ މަޖިލީހުގެ އަޢްލަބިއްޔަތު ބޭނުންވާ ކަމަށާއި ސަރުކާރަށް ވައުދުތައް ފުއްދޭނީ ގާނުނެއް ހަދައިގެން ކަމަށެވެ. އެގޮތުން ހަސަން ލަތީފް ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެ 2009 ވަނަ އަހަރުގެ މަޖިލީހުގެ މެޖޯރިޓި ނުލިބުމުން ދަތިތަކާ ކުރިމަތިވެ ވައުދުތައް ފުއްދުމަށް ބުރޫއަރާ ސަރުކާރަށް ޖެއްސުން ކުރިކަމަށް ވިދާޅުވެފައެވެ. އެ ހިތި ތަޖުރިބާ ތަކުރާރު ނުކޮށް އެމްޑީޕީއަށް މެޖޯރިޓީ ދޭންޖެހޭކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ޖެނުއަރީ 18 ގެ ނިޔަލަށް ކޮންމެ ރެޔަކުވެސް އެ ޖަގަހައިގައި ހަރަކާތްތައް ކުރިޔަށް ގެންދާނެކަމަށް ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ދާއިރާގެ ރައްއްޔިތުންނާއި ބައްދަލުކޮށް ސުވާލާއި ޖަވާބުގެ ސެޝަންތައް ބޭއްވުމުގެ އިތުރުން ޖަގަހަ ޖަލްސާތައް ބާއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މި ޖަގަހަ ޖަލްސާގައި ރައިސް އޮފީހުގެ މިނިސްޓަރ އަހމުދު ނަސީމާއި، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލްގެ އިތުރުން އެމްޑީޕީގެ އިސްވެރިންނާއި ހެންވޭރު ހުޅަނަގަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް