ކ. މާލެ
|
28 ޑިސެންބަރ 2018 | ހުކުރު 12:37
ބިންހެލުން އައިސްފައިވަނީ މަނޮކްވާރީ ސެލަޓަން އަށް
ބިންހެލުން އައިސްފައިވަނީ މަނޮކްވާރީ ސެލަޓަން އަށް
އަލްޖަޒީރާ
ވެސްޓް ޕައުއާއަށް އައި ބިންހެލުން
އިންޑޮނީޝިއާގެ ވެސްޓް ޕައުއާއަށް ބިންހެލުމެއް އަތުވެއްޖެ
މިހާތަނަށް އެއްވެސް މީހަކަށް ހާނީއްކައެއް ލިބުނުކަމަށް ރިޕޯޓްކޮށްފައެއް ނުވޭ

އިންޑޮނީޝިއާގެ އިރުމަތީގެ ޕްރޮވިންސެއްކަމަށްވާ ވެސްޓް ޕައުޕާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް ހުކުރު ދުވަހު އަތުވެއްޖެއެވެ.

އިންޑޮނީޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ މިންވަރަށްވުރެ އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެފައިވާ މިންވަރު، ބިންހެލުމުގައި ބާރު ކުޑައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ 5.8 މްގެނިޓިއުޑްގައިކަމަށެވެ.

މި ބިންހެލުމުގައި އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމަށް މިހާތަނަށް ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ޕަޕުއާގެ ދެބައިކުޅަ އެއްބަޔަކީ އާބާދީ މަދު ނިއުގިނީއެވެ.

އިންޑޮނީޝިއާގެ މީޓިއޮރޮލޮޖިކަލް އޭޖެންސީއިން ބުނީ މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތްކަމަށެވެ.

މަނޮކްވާރީ ސެލަޓަންގެ މީހުންނަށް  މި ބިންހެލުން ހަ ސިކުންތަށް އިހުސާސްކުރެވިފައިވެއެވެ. އިންޑޮނީޝިއާގެ ކަރަކަޓައު އަލިފާން ފަރުބަދަ ގޮވައި މިދިޔަ ހޮނިހިރު ދުވަހު އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 430 އަށް އަރާފައިވާއިރު، މި ބިންހެލުމާ ގުޅިގެން މީހުންގެ ހާސްކަންވަނީ އިތުރުވެފައެވެ.

މަނޮކްވާރީ ސެލަޓަންގެ ރައްޔިތުންވަނީ އިމާރާތްތަކާއި ގެތަކުން ނުކުމެފައިކަމަށް އިންޑޮނީޝިއާގެ ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީގެ ތަރުޖަމާނު ސުޓޯޕޯ ޕުރްވޯ ނުގްރޮހޯ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް