ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 22:11
ފަރުބަދަ ހިމެނޭ ސަރަހައްދުން ދަތުރުކުރާ ފްލައިޓްތަކުގެ މަގުތައްވަނީ ބަދަލުކޮށްފައި
ފަރުބަދަ ހިމެނޭ ސަރަހައްދުން ދަތުރުކުރާ ފްލައިޓްތަކުގެ މަގުތައްވަނީ ބަދަލުކޮށްފައި
ބީބީސީ
ކަރަކަޓައު އަލިފާން ފަރުބަދަ
ކަރަކަޓައު އަލިފާން ފަރުބަދަ: އަނެއްކާވެސް ބާރު ގޮވުމެއްގެ އިންޒާރު ދީފި
ސުނާމީގައި މަރުވި މީހުންގެ އަދަދުވަނީ 430 އަށް އަރާފައި

އިންޑޮނީޝިއާގެ އަނަކް ކަރަކަޓައު އަލިފާން ފަރުބަދަ ގޮވާފާނެކަމުގެ އިންޒާރު އަނެއްކާވެސް ދީފިއެވެ.

އިންޑޮނީޝިއާގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނީ  ފަރުބަދައިގެ ކުދި ގޮވުންތައް އިތުރުވުމުން އިންޒާރުގެ ލެވެލް ދެއަކުން ތިނަކަށް މައްޗަށް ޖައްސާފައިވާކަމަށެވެ.

ފަރުބަދަ ހިމެނޭ ސަރަހައްދުން ދަތުރުކުރާ ފްލައިޓްތަކުގެ މަގުތައްވަނީ ބަދަލުކޮށްފައެވެ. އަދި ފަރުބަދައިގެ ވަށައިގެން 5 ކިލޯމީޓަރ ސަރައްހައްދު ބޭނުންކުރުންވަނީ މަނާކޮށްފައެވެ.

މީގެ ކުރިން ނުރައްކާތެރި ސަރަހައްދުގެ ގޮތުގައި ކަނޑައޅާފައިވަނީ 2 ކިލޯ މީޓަރެވެ.

ހޮނިހިރު ދުވަހު ސުނާމީ އައިސްފައި ވަނީ ހުކުުރު ދުވަހު އަލިފާން ފަރުބަދަ ގޮވުމަށް ފަހުއެވެ.

އިންޑޮނީޝިއާގެ ޖިއޮލޮޖިކް އޭޖެންސީން ބުނީ ހުކުރު ދުވަހު ފަރުބަދަ ގޮވާފައިވާއިރު ފަރުބަދައިގެ ގޮވުން 12 ސިކުންތައް ދެމިގެންގޮސްފައިވާ ކަމަށާއި ފަރުބަދައިން އެރި ދުމާއި އަޅި 400 މީޓަރަށް މައްޗަށް އެރި ކަމަށެވެ.

ޖާވާއަށާއި ސުމަތްރާއަށް ސުނާމީގެ ބޮޑެތި ރާޅުތައް އަރާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 21:30 ހާއިރުއެވެ

އަނަކް ކަރަކަޓައު އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން އުފެދުނު ސުނާމީގައި މަރުވި މީހުންގެ އަދަދު މަދުވެގެން 430 އަށް އަރާފައިވާ ކަމަށް ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީ އިން ބުނެއެވެ.

- ކޮމެންޓް
27 ޑިސެންބަރ 2018 | ބުރާސްފަތި 17:49
my opinion
even maldivian authorities need to be aware and maldivians need to b on standby because of 2004 tsunami was struck by a earthquake in that region and it's likely a major blast could trigger a huge earthquake leading to a devastating tsunami