Advertisement
ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 14:58
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް އެމްޓީޑީ އަށް ސޮއިކުރައްވަނީ
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް އެމްޓީޑީ އަށް ސޮއިކުރައްވަނީ
މުހައްމަދު ޝަރުހާން
ކުރީގެ ނައިބު ރައީސް އަދީބު
އަދީބުގެ އެމްޓީޑީ ޕާޓީ އިލެކްޝަނުގައި ރަޖިސްޓްރީ ކޮށްދީފި
އިންތިގާލީ ކައުންސިލަށް 11 ބޭފުޅަކު އަންޔަންކުރި
އެންމެ ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް
އެމްޓީޑީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް 3333 ފޯމް ވަނީ ހުށަހަޅާފައި

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިލެކްޝަން ކޮމިޝަނުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްދީފިއެވެ.

ބްރާސްފަތި ދުވަހު އެމްޓީޑީން އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީކޮށް އެ ޕާޓީއާ ރަޖިސްޓްރީ ހަވާލުކޮށްފައިވާއިރު އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

އެ ޖަލްސާގައި ޕާޓީ އިފްތިތާހްކޮށް، އިންތިގާލީ ކައުންސިލަށް 11 ފަރާތެއް ވަނީ އިންތިހާބުކޮށްފައެވެ.

އެމްޓީޑީ އުފެއްދުމަށް އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވެސް ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ.

އެމްޓީޑީ އުފައްދާފައި ވަނީ އެ ޕާޓީ އުފައްދަން ހުއްދަ ދިނުމާ އެކު 21 ދުވަސް ތެރޭގައެވެ. އެ ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް 3333 ފޯމް ވަނީ ހުށަހަޅާފައެވެ.

އެމްޓީޑީ ރަޖިސްޓްރީ ކުރެވިފައިވާއިރު، ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

އެމްޓީޑީ އުފެއްދުމާ އެކު ރާއްޖޭގައި މިހާރު ވެސް ހަތް ސިޔާސީ ޕާޓީ އެބަ އޮތެވެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، ޢަދާލަތު ޕާޓީ (އޭޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

މީގެ އިތުރަށް އުފެއްދުމުގެ މަރުހަލާގައި ރައީސް ޔާމީން އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާ އެކު ހަތަރު ޕާޓީއެއް އެބައޮތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް