Advertisement
ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 15:20
ފީވަކުގެ އިންޖީނުގޭ ތެރޭގައި ރައްޔިތުން މުޒާހަރާ ކުރަނީ
ފީވަކުގެ އިންޖީނުގޭ ތެރޭގައި ރައްޔިތުން މުޒާހަރާ ކުރަނީ
މުހައްމަދު ޝަރުހާން
ށ. ފީވައް
ފީވަކުގައި ރޭ 8:30 އިން ފެށިގެން ކަރަންޓެއް ނެތް!
އިންޖީނު ހަދަން ނިލަންދޫ ފެނަކައިގެ ދެ މުއްޒަފުން ދިޔަ، ރައްޔިތުން ނިކުމެ ބޭރުކޮށްލީ

ށ. ފީވަކުގައި ރޭ 8:30 އިން ފެށިގެން ކަރަންޓު ނެތް ކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާދިލް ވިދާޅުވެއްޖެއެވެ.

އާދިލް ވިދާޅުވީ އެރަށުގައި އެއް އިންޖީނު ބޭނުން ކުރަމުންދާތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި އިންޖީނު ހަލާކުވުމުމުގެ ސަބަބުން ރަށަށް ކަރަންޓު ލިބޭ ގޮތް ވެފައިނުވާ ކަމަށެވެ.

އިންޖީނު ހަލާކުވުމުގެ ސަބަބުން ބުރާސްފަތި ދުވަހު އެރަށަށް ނިލަންދޫ ފެނަކައިގެ ދެ މުއައްޒަފުން ދިޔަ ނަމަވެސް ރަށުގެ ރައްޔިތުން ނިކުމެ އެދެމީހުން ރަށުން ބާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާދިލް ވިދާޅުވީ އެހެން ވާންޖެހުނީ މީގެ ކުރިން ވެސް އިންޖީނުގެ މައްސަލަ ޖެހި ނިލަންދޫގެ ފެނަކަ މުއައްޒަފުން އެރަށަށް އައިސް އިންޖީނުތަކުގެ ސްޕެއަރތައް ނިލަންދޫއަށް ގެންދާ މައްސަލަ ބޮޑުވުމުންނެވެ.

"ނިލަންދޫ ކޮޅުން އިންޖީނު ހަދަން އައިތިބި މީހުން ބޭރުކޮށްލީ ... ރައްޔިތުން ބޭނުމެއް ނުވޭ އެމީހުން ލައްވާ މަސައްކަތް ކުރާކަށް. އެމީހުން މިކުރާ ކަމަކީ އިންޖީނު  ހަދަން އަންނަ ގަޑީގައި އިންޖީނުގެ އެއްޗެހިތައް  އެރަށަށް ގެންދަނީ. އެހެންވެ މިއަދު ރައްޔިތުން އެމީހުން ބޭރުކޮށްލީ،" އާދިލް ވިދާޅުވިއެވެ.

ފީވަކުގައި ކަރަންޓު ނެތުމުގެ ސަބަބުން އެރަށު ރައްޔިތުން ދަނީ މުޒާހަރާކުރަމުންނެވެ. އާދިލް ވިދާޅުވީ ރަށު ރައްޔިތުން ބޭނުންވަނީ އާއިންޖީނެއް ކަމަށާއި އިންޖީނު ގެންނަން 45 ދުވަސް ނަގާނެކަމަށް ފެނަކައިން ބުނެފައިވާ ކަމަށެވެ. އަދި އޭގެ ޚިދުމަތްދޭން 60 ވަރަކަށް ދުވަސް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.އަދި ވަގުތީ ގޮތުން ރަށަށް ކަރަންޓު ދިނުމުގެ ހައްލު ލިބޭނެ އިރެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް