Advertisement
ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 14:25
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވާހަކަ ދައްކަވަނީ
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ލަންކާ ހެލްތް މިނިސްޓަރު
ތެލެސީމިޔާ ބަލި ތަހައްމަލް ކުރަމުންދާ ކުދިންގެ އުމުރު ވަނީ މަތިކުރެވިފައި: ހެލްތު މިނިސްޓަރ
އެޑަލްޓް ޕޭޝަންޓަކަށް ދައުލަތުން މަހަކު 12000 ރުފިޔާ ހޭދަކުރަން ޖެހޭ
އަލައް އުފަންވާ ކުދިންގެ ނިސްބަތް ދަށް ކުރުމަށް ޒުވާނުންގެ ދައުރު މުހިންމު

ތެލެސިމިޔާ ބަލި ތަހައްމަލް ކުރަމުންދާ ކުދިންގެ އުމުރު މަތިވުމަކީ ހޯދީފައިވާ ކުރިއެރުމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޗަމްޕާ ސެންޓަރަލް ހޮޓެލްގައި ބްރާސްފަތި ދުވަހު އޮތް ރައްސަމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އައި ކުރިއެރުމާ އެކު އެ ބަލިޖެހިފައިވާ މީހުންގެ އެވްރެޖް އުމުރު މަތިވެފައި ވީ ނަމަވެސް އެ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭނީ ތެލެސީމިޔާ އިތުރުވާ މިންވަރު ދައްކުރެވިގެން ކަމަށެވެ.

ތެލެސީމިޔާގެ ފަރުވާއަކީ އަގުބޮޑު ފަރުވާއެއް ކަން ފަހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އަލަށް އުފަންވާ ކުދިންގެ ނިސްބަތް ދަށް ނުކުރެވިއްޖެ ނަމަ ދައުލަތުން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށެވެ.

އެގޮތުން މިބަލީގެ އެޑަލްޓް ޕޭޝަންޓަކަށް ދައުލަތުން މަހަކު 12،000 ރުފިޔާ ހޭދަކުރަން ޖެހޭއިރު އެއީ އަހަރެއްގެ މައްޗައް 144،000 ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  

"ފަހަކަށް އައިސް ތެލެސީމިޔާގެ މައުލޫމަތު ފޯރުކޮށްދިނުން ދައްވެ ހޭލުންތެރިކަން ކުޑަވެފައި ވީނަމަވެސް މިކަންކަން ރަނގަޅު ކުރުމަށް އިސްކަން ދިނުމަކީ ހެލްތް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އަލަށް އުފަންވާ ކުދިންގެ ނިސްބަތް ދައްކުރުމަށްޓަކައި ޒުވާނުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން ޒަވާޖީ ހަޔާތެއް ފަށާއިރު ކޮންމެ ޒުވާނަކު ވެސް މިބައްޔާ މެދު ހޭލުންތެރިވެ ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ސަމާލްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް