Advertisement
ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 13:03
ތޮއްޑޫގައި ހައްދާފައި ހުރި ކަރާ ދަނޑެއް
ތޮއްޑޫގައި ހައްދާފައި ހުރި ކަރާ ދަނޑެއް
ޓްވިޓަރ
ދަނޑުވެރިކަން
ދަނޑުވެރިކަމުގެ ހުނަރު އިތުރު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުުރުސަތު ހުޅުވާލައިފި
މިޕްރޮގްރާމްގެ ބައިވެރިން 4 މަސްދުވަހު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތަމްރީން ކުރުމަށްވަނީ ހަމަޖެހިފައި

ދަނޑުވެރިކަމުގެ ހުނަރު އިތުރު ކުރުމަށް ހިންގާ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހުޅުވާލައިފިއެވެ. 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބުނެފައިވަނީ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް، ހަ މަސްދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީން ދެވޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ބައިވެރިން ހަ މަސްދުވަހު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތަމްރީން ކުރެވޭނެ ކަމަށާއި، އަދި އިންޑަސްޓްރީ ނުވަތަ ވިޔަފާރީގެ ތަޖްރިބާ ހޯދުމަށްޓަކައި ދިގުމުއްދަތަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެއްގައި 2 މަސްދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރާގޮތައް ރޭވިފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހަ ދަނޑުވެރިއަކަށް ނުވަތަ ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދިނުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި ޕޮކެޓްމަނީ ހަ މަސް ދުވަހުގެ މުއްދަތަށް ހަމަޖައްސައި ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މި ސަރުކާރުންވަނީ ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ޑިސެންބަރ 2018 | ބުރާސްފަތި 08:17
ބްރޯ ފުރޮމް ހުޅުމާލެ
މުޅި ރާއްޖެއިން އެންމެ ހައެއްކަ މީހަކަށް ތަމްރީނު ހިންގުމުގެ ބޭނުމެއް ނެތް. 30 ކުދިންގެ ކްލާހެއް ހަމަ ކުރަން ގޮވާލަން. ބަޖެޓް ނެތިއްޔާ ލޯނެއް ނަގާ