Advertisement
ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 11:40
ރައީސް ސޯލިހު ނައިފަރަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ
ރައީސް ސޯލިހު ނައިފަރަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ރައީސް ސޯލިހު، ނައިފަރަށް ވަޑައިގަންނަވައިފި
ނައިފަރު ކައުންސިލްއާ، ވަނީ ބައްދަލު ކުރައްވާފައި
ނައިފަރުގެ ތަރައްގީގެ މަޝްރޫއުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޅ.ނައިފަރަށް މިއަދު ވަޑައިގަންނަވައިފިއެވެ. 

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހުގެ މިދަތުރުފުޅުގައި ނައިފަރު ކައުންސިލްއާ، ބައްދަލުކުރައްވާއި، އެރަށުގެ ތަރައްގީއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލުން ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކާއި، ކުރިޔަށް ރާއްވަވާފައިވާ ކަންތައްތަކުގެ މައުލޫމާތު ރައީސް ސޯލިހުއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ހާމަކުރައްވައި މިކަންކަން ހައްލުކުރެވޭނެ ގޮތްތަކާމެދު ކައުންސިލުން ރައީސް ސޯލިހުއާ މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސް ސޯލިހުގެ، މިހާރު އަތޮޅުތަކަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު ވަނީ ރ. އަތޮޅު ދުވާފަރަށް ވަޑައިގަންނަވާ، އެރަށުގައި ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، އެމަނިކުފާނުގެ އުފަންވެވަޑައިގެންނެވި ރަށްކަމުގައިވާ ޅ.ހިންނަވަރަށް ވެސް ބުދަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވިއެވެ. 

މީގެއިތުރުން އެމަނިކުފާނު މިއަދު ނ. އަތޮޅު ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް