Advertisement
ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 11:07
މަޝްހޫރު ދިވެހި ބޭސްވެރިޔާ އަލީ ރަޝީދު މީހެއްގެ ފައިގައި ބޭސް އަޅަނީ
މަޝްހޫރު ދިވެހި ބޭސްވެރިޔާ އަލީ ރަޝީދު މީހެއްގެ ފައިގައި ބޭސް އަޅަނީ
ވީމީޑިއާ
ހެލްތް މިނިސްޓްރީ
ދިވެހި ބޭސްވެރިކަމާބެހޭ މަހާސިންތާ އާދިއްތަ ދުވަހު
މި މަހާސިންތާގެ މަގުސަދަކީ ދިވެހި ބޭސްވެރިކަން ކުރިއެރުވުން
މިމަހާސިންތާގައި މިފަދަ މަސައްކަތްކުރާ ދިވެހިބޭސްވެރިން ބައިވެރިވާނެ

ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިންގ ކުރިއެރުވުމާއި ގުޅޭ މަހާސިންތާ އަންނަ އާދިއްތަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި މަހާސިންތާ ބޭއްވުމުގެ މަގުސަދަކީ ދިވެހި ބޭސްވެރިކަމާއި 'އޯލްޓަނޭޓިވް މެޑިސިންގ' ދިރުވާ އާލާކޮށް ކުރިއެރުވުމެވެ. މިމަހާސިންތާގައި ބޭސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ބައިވެރިވަޑައިގަންނަވާނެ އެވެ. 

މަހާސިންތާއި ދިވެހި ބޭސްވެރިކަމާއި 'އޯލްޓަނޭޓިވް މެޑިސިންގ' ގެ ދާއިރާތަކުން މިހާރު ހޯދިފައިވާ ހޯދުންތަކާއި މިކަންކަން ކުރިއެރުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް މަޝްވަރާކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. 

މީގެ އިތުރުން ދިވެހި ބޭހާއި، 'އޯލްޓަނޭޓިވް މެޑިސިންގ'އަށް ދުނިޔޭގެ ފެންވަރުގައި ދީފައިވާ ޚާއްސަކަމާއި ބޭނުންކުރާނެ ގޮތާއިމެދު މަޝްވަރާކުރުން ވެސް ހިމެނޭ ކަމަށާއި، އެމަޝްވަރާތަކަށް ބޭސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމަށް ދުރުރާސްތާ ޕްލޭނެއް އެކުލަވާލެވޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ. 

ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް މެޑިސިން ކުރިއެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް