ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 04:16
އިރާގްގައިތިބި އެމެރިކާގެ ސިފައިންގެ ބަޔަކާއެކު ރައީސް ޓްރަމްޕްގެ ދެ ކަނބަލުން ސެލްފީއެއް ނަންގަވަނީ
އިރާގްގައިތިބި އެމެރިކާގެ ސިފައިންގެ ބަޔަކާއެކު ރައީސް ޓްރަމްޕްގެ ދެ ކަނބަލުން ސެލްފީއެއް ނަންގަވަނީ
ރޮއިޓަރސް
އިރާގު ހަނގުރާމަ
ކުއްލި ދަތުރުފުޅެއްގައި ރައީސް ޓްރަމްޕް އިރާގަށް ވަޑައިގެންފި
ކުރީގެ ދެ ރައީސުން ކަމަށްވާ ބުޝް އަދި އޮބާމާވެސް އިރާގަށް ވަޑައިގެންނެވި

ކުރިން އިއުލާނުކުރެއްވުމެއްނެތި ކުޢްލި ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޜާގަށް ވަޑައިގެން އެމެރިކާގެ ސިފައިންގެ ގާތަށް ބުދަ ދުވަހު ޒިޔާރަތްކުރައްވައިފިއެވެ.

މިއީ ރައީސް ޓްރަމްޕްގެ އަމުރަށް މަސައްކަތްކުރައްވަމުން ގެންދަވާ ސިފައިން ހަނގުރާމަ ކުރަމުންދާ ސަރަހައްދަކަށް އެ މަނިކުފާނު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އަސްކަރިއްޔާގެ މަތިފަޑިއަށް ގުޑުން އަރާފައިވާ އަދި އަފްޣާނިސްތާނުގެ 17 އަހަރުވީ ހަނގުރާމައިގައި ބައިވެރިވަމުންދާ އެމެރިކާގެ ސިފައިން މަދުކުރުމަށް ނިންމަވާފައިވާ މި ދަނޑިވަޅުގައި ރައީސް ޓްރަމްޕް މި ދަތުރުފުޅަށް ވަޑައިގެންނެވީ ވަރަށް ސިއްރިއްޔާތުގައެވެ.

ވައިޓް ހައުސްއިން ބުނީ ރައީސް ޓްރަމްޕްއާއި އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ފުރާ ވަޑައިގެންނެވީ ކްރިސްމަސް އީދު ދުވަހުގެ ފަހުގެ ވަގުތެއްގައިކަމަށެވެ. އެއަރފޯސްވަން ރޭގަނޑު ދުއްވުމަށްފަހު އިރާގުގައި ޖައްސާފައިވަނީ ބުދަ ދުވަހުގެ ރޭ އިރުއޮއްސިފައިވަނިކޮށެވެ.

ސީރިޔާގައި މަސައްކަތްކުރާ އެމެރިކާގެ ސިފައިން ބޭލުމަށް ނިންމަވައި އަދި އަފްޣާނިސްތާނުގައި މަަސައްކަތްކުރާ އެމެރިކާގެ ސިފައިން މަދުކުރުރަން ނިންމަވާފައިވާކަން މި މަހުގެ ތެރޭގައި ރައީސް ޓްރަމްޕް އިއުލާނުކުރައްވާފައިވީ ނަމަވެސް އިރާގުން އެމެރިކާ ސިފައިން ބޭލުމުގެ އެއްވެސް ޕްލޭނެއް ނެތްކަމަށް ރައީސް ޓްރަމްޕްވަނީ ސިފައިންގާތުގައި ވިދާޅުވެފައެވެ.

"ރައީސް ޓްރަމްޕް އަދި ފަސްޓް ލޭޑީ ކްރިސްމަސް ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އިރާގަށް ދަތުރުކުރެއްވީ އަޅުގަނޑުމެންގެ ފައުޖުތަކާއި އަސްކަރިއްޔާގެ އިސް ބޭފުޅުންނަށް ޒިޔާރަތްކުރައްވައި އެބޭފުޅުންގެ ޚިދުމަތާއި ކާމިޔާބީއާއި އަދި އެ މީހުންގެ ގުރުބާނީއަށް ޝުކުރުއަދާކުރުމުގެ އިތުރުން ކްރިސްމަސްގެ ހެޔޮއެދުން ރައްދުކުރެއްވުމަށް" ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސޭންޑަރސް ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައިވެއެވެ.

ހަނގުރާމަިއގެ ކުރީ ސަފުގައި މަސައްކަތްކުރާ ސިފައިންގެ ގާތަށް ޒިޔާރަތް ކުރައްވާފައި ނުވާތީ ރައީސް ޓްރަމްޕްއަށް މި އަހަރުގެ ކުރީކޮޅުވަނީ ފާޑުކިޔުންތައް އަމާޒުވެފައެެވެ. ރައީސް ބަރަކް އޮބާމާ ވަނީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅު އިރާގަށް ވަޑައިގެންފައެވެ. އަދި ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ އިރގު ހަނގުރާމަ ފެށުނާ މަސްތަކެއްގެ ތެރޭގައި 2003ވަނަ އަހަރު އިރާގަށް ވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް