Advertisement
ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 01:40
ސިވިލް ސާވިސް ކޮމިޝަނުން ރައީސް ޑރ އަލީ ޝަމީމް
ސިވިލް ސާވިސް ކޮމިޝަނުން ރައީސް ޑރ އަލީ ޝަމީމް
ސިވިލް ސާވިރސް ކޮމިޝަން
ސިވިލް ސާވިސް ކޮމިޝަން
އޮނިގަނޑުތަކަށް އަންނަ ބަދަލާ ގުޅިގެން، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ: ސީއެސްސީ
ވަޒީފާއިން ދޫކޮށްލަންޖެހޭ ނަމަ އެހެން ވަޒީފާއެއް ހަމަޖައްސައިދޭނެ
މިއުސޫލުގެ ދަށުން މުވައްޒަފުން ދޫކޮށްލެވޭނެ ހާލަތު ބަޔާންކުރެވިފައިވާނެ

ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގެ އުސޫލު ނުވަތަ ރިޑަންޑެންސީ އުސޫލުގެ ދަށުން ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮނިގަނޑުތަކަށް އަންނަ ބަދަލާ ގުޅިގެން، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އެއްވެސް އިދާރާއަކަށް އަންގާފައިނުވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސިވިލް ސާރވިސް ގަވާއިދު 2014ގެ ޗެޕްޓަރ 23، ''މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން''ގެ ދަށުން އެކުލަވާލާފައިވާ ''ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު'' އާ ގުޅިގެން ހަގީގަތް އޮޅޭ ގޮތަށް މީޑިއާގައި ޚަބަރު ފަތުރަމުންދާ ކަމަށެވެ.

ސީއެސްސީން ބުނީ މާރިޗު 2008ގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ފުރަތަމަ ފަހަރަށް އެކުލަވާލައި އަމަލުކުރަން ފެށީއްސުރެ އެކިއެކި ސަބަބަތަކާއި ގުޅިގެން މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރަމުންދާ އުސޫލެއް ކަމަށެވެ. އަދި މިއުސޫލުގެ ދަށުން މުވައްޒަފުން ދޫކޮށްލެވޭނެ ހާލަތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 223 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ކަމަށެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއުސޫލަކީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 223 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކަށް އަމަލުކުރުމުގައި ސިވިލް ސަރވިސްގެ އިދާރާތަކުން ތަފާތު އެކި މިންގަނޑުތައް ގެންގުޅޭތީވެ، ހުރިހާ އިދާރާއަކުން ވެސް އެއް ހަމަޔަކުން މެރިޓް އުސޫލުން އެއް މިންގަނޑަކަށް އަމަލުކުރުމުގެ މަގުސަދުގައި އެކުލަވާފައިވާ އުސޫލެއް ކަމަށެވެ.

އެހެންކަމުން މިއުސޫލާއި ގުޅިގެން ނުވަތަ ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮނިގަނޑުތަކަށް އަންނަ ބަދަލާ ގުޅިގެން، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސްގެ އެއްވެސް އިދާރާއަކަށް ކޮމިޝަނުން އަންގާފައެއް ނުވާނެ ކަމަށް އެކޮމިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

އިދާރާތަކުގެ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް މުވައްޒަފެއް ވަޒީފާއިން ދޫކޮށްލަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބަދަލުގައި އެކަށޭނަ ވަޒީފާއެއް ސިވިލް ސަރވިސް އެހެން އިދާރާއަކުން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސީއެސްސީން ވަނީ ދީފައެވެ.

ސީއެސްސީން މިހެން ބުނެފައިމިވަނީ އެކޮމިޝަނުގެ އާ އުސޫލަށް ފެއްތުމަށް ހައުސިން މިނިސްޓްރީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު އެ މިނިސްޓްރީގެ 40އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލުމުމުގެ ބިރުހީވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށްށެވެ. މިކަމާއި ގުޅިގެން އެމިނިސްޓްރީގެ މުއައްޒަފުން ވަނީ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް