Advertisement
ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 23:51
މުއާޒު މީޑިއާއަށް މައުލޫމާތު ދެއްވަނީ
މުއާޒު މީޑިއާއަށް މައުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
ޕީޕީއެމްގެ މައްސަލަ
ރައީސް ޔާމީނަށް ނިސްބަތްކޮށް މުއާޒު ދެއްކެވީ ދޮގު ވާހަކަތަކެއް: ޕީޕީއެމް
މުއާޒުގެ މިއަމަލު ޕީޕީއެމުން ވަނީ ކުށްވެރިކޮށްފައި
މައްސަލަ ބަލައި ފިޔަވަޅު އަޅާނަން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލް މެންބަރުކަމުން މިރޭ އިސްތިއުފާ ދެއްވި އިބްރާހިމް މުއާޒު އަލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނިސްބަތްކޮށް ދެއްކެވީ ރޯބުހުތާނު ދޮގު ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުއާޒު އަމިއްލަ ހައިސިއްޔަތުން މީޑިއާ އާއި ބުދަ ދުވަހުގެ ރޭ ބައްދަލުކޮށް، ޕާޓީގެ ރައީސް ޔާމީން ނިސްބަތްކޮށް ދެއްކި "ރޯބުހުތާނު" ދޮގު ވާހަކަތައް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމުން ބުނީ މުއާޒުގެ މިއަމަލާ ގުޅިގެން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އުފެދިފައިވާ ސުލޫކީ ކޮމެޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން މައްސަލަ ބަލާ ތަހުގީގު ކުރުމަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

"އިސްތިއުފާ ދެއްވިކަމުގެ ސިޓީއެއް ޕީޕީއެމްއަކަށް ނުލިބޭ. އެހެންވީމަ މިމައްސަލަ ބެލޭނެ." ޕީޕީއެމުން ބުންޏެވެ. 

ބުދަ ދުވަހުގެ ރޭ ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވަނީ ރައީސް ޔާމީނަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާއިރު، މުއާޒަކީ މީގެ ކުރިން ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާއި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގަތުމުން އޮޅުވާލި ވޯޓުގެ ނަމުގައި އިސްނަގައިގެން މުޒާހަރާ ކުރިއަށް ގެންދިއުމަށް އެންމެ އިސްކޮށް އުޅުއްވި ބޭފުޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް