Advertisement
ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 17:09
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ
މުހައްމަދު ޝަރުހާން
މާރިޔާ އަހުމަދު ދީދީ
ކާރިސާއާ ބެހޭ ގާނޫނު މިއަދާ ހަމައަށް ވެސް އޮތީ ތަންފީޒު ނުކުރެވި: ޑިފެންސް މިނިސްޓަރ
މާލޭގެ ތަރައްގީގެ ޕްލޭން ހަދާފައި އޮތީ މި ގާނުނާ ބެލުމެއް ނެތި

ރާއްޖެއަށް ކުރިމަތިވާ އެކި ކާރިސާތަކުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް ހަދާފައިވާ ކާރިސާތަކާ ބެހޭ ގާނޫނު މިހާތަނަށް ވެސް އޮތީ ތަންފީޒު ނުކުރެވި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ކާރިސާތަކާ ބެހޭ ގާނޫނެއް މަޖިލީހުން ފާސްކޮށްފައި ވަނީ ސުނާމީގެ ކާރިސާގައި ކުރެވުނު ތަޖުރިބާތަކަށް ފަހު މީގެ ތިން އަހަރު ފަހުންނެވެ.

"މި ގާނޫނުގައި ދައުލަތާއި ރައްޔިތުންގެ ދައުރު ވަރަށް ސާފުކޮށް ބުނެދޭ. ކާރިސާއެއް ކަމަށް ކަނޑައެޅުމާއި އިއުލާން ކުރުމާއި ރިލީފް ފޯރުކޮށްދޭނެ ގޮތް ގޮތް ވެސް ކިޔާދޭ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ މައްސޫލިއްޔަތުތަކާއި ބާރުތައް ވެސް ކިޔާދޭ. ޑިޒާރޓަރ ސްޓިއަރިން ކޮމެޓީއެއްގެ ވާހަކަ ވެސް ކިޔާދޭ،" މާރިޔާ ވިދާޅުވި އެވެ.  

މިނިސްޓަރ ވިދާޅުވީ ސުނާމީގެ ކާރިސާއަށް ފަހު ރާއްޖެ ކުރިމަތިލި ބައެއް ކުދި ކާރިސާތަކުގައި އަމަލު ކޮށްފައި ވަނީ ކަރިސާތަކާ ބެހޭ ގާނޫނުގެ ދަށުން ނޫން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނީ ބާރު ލިބިގެން ކާރިސާތަކުގައި އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ގާނޫނަށް އިސްކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވަމުން ގެންދަވާ ކަމަށެވެ.  

ކާރިސާތަކާ ބެހޭ ގާނޫނުގައި ތަރައްގީގެ ޕްރޮޖެކްޓްތައް ރާވަންވާނީ ގުދުރަތީ ކާރިސާތަކުން ލިބިދާނެ ގެއްލުންތަކަށް ވިސްނައިގެން ކަމަށް ބުނެފައިވީ ނަމަވެސް ފާއިތުވި ދުވަސްތަކުގައި ކަންކަން ކޮށްފައިވަނީ އެގޮތައް ނޫން ކަމަށް ވިދާޅުވިއެވެ.    

މިނިސްޓަރު ވަނީ ސުނާމީ އެރި ދުވަހު އެކަމާއަށް ފެނުން މަންޒަރުތަކާއި ކުރެއްވުނު އެ ދުވަހުގެ ތަޖުރިބާ ހިއްސާ ކުރައްވާފައި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް