Advertisement
ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 15:44
ދުވާފަރުގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ
ދުވާފަރުގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
އެއްބައިވަންތަކަމުގެ ދުވަސް
ކަނދޮޅުދޫ ރައްޔިތުންގެ ރައްވެހިކަން ދުވާފަރަށް ބަދަލުކޮށްދިނުމަށް މަސައްކަތް ފަށާނަން: ރައީސް ސޯލިހު
"ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު" ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި
ދުވާފަރު ބިން ހިއްކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި

ސުނާމީއަށް ފަހު ދުވާފަރަށް ބަދަލުވި ކަނދޮޅުދޫގެ ރައްޔިތުންގެ ރަށްވެހިކަން ވެސް އެރަށަށް ބަދަލުކުރާނެ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ބޭއްވި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ބިމުގެ ދަތިކަން ދުވާފަރަށް ދިމާވެފައިވާ ކަމަށާއި އެމައްސަލަ އެމަނިކުފާނު މާލެ ވަޑައިގެންނެވުމަށްފަހު ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ކަނދޮޅުދޫގެ ރައްޔިތުންނަށް. އިރާދަ ކުރެއްވިއްޔާ މިރަށުގައި (ދުވާފަރުގައި) ތިއްބެވި ރައްޔިތުންނަށް ގޯތި ހޯދުމުގެ މަސައްކަތް އަޅުގަނޑުގެ މިދަތުރަށްފަހު ފުރަތަމަ ކަމަކަށް ކުރާނީ އެކަންތައް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ދުވާފަރުގައި ބިން ފުރިފައިވާތީ، އިތުރަށް ގޯތި ދޫކުރެވޭނެ ތަނެއް ނެތް ކަމަށާއި ބިން ހިއްކައިގެން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ. 

"ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު" މިހާތަނަށް އޮތީ ތަންފީޒުނުކޮށްކަން ފާހަގަ ކުރައްވައި، އެ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ފައްޓަވާފައިވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ 

އެމަނިކުފާނުގެ ވާހަކަފުޅުގައި ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުން ލާޒިމްކުރާ އެންމެ މުހިއްމު ކަންތައް ކަމަށްވާ ކާރިސާގެ ކަންކަން ބެލެހެއްޓުމަށާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކާއި ނުރައްކާތައް ކުޑަކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވާނީ ފައްޓަވާފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިޤާނޫނުގެ ދަށުން، ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓް ކައުންސިލެއް އެކުލަވާލައި، އެކައުންސިލްގެ ލަފާގެ މަތިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިން ކޮމިޓީއެއް އުފެއްދުން ލާޒިމްކުރާ ކަމަށާއި، އެކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރިހަމަވެގެންދާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެކަންކަން ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ، "ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން"ގެ ފުރަތަމަ ދެލިކޮޕީވެސް މިހާރުވަނީ ނިމިފައި ކަމަށާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ޚަރަދުތަކަށް ލިބޭ ފައިސާ ޖަމާކުރުމަށް "ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑް"ގެ ނަމުގައި މިމަހުގެ 16 ވަނަ ދުވަހު ފަންޑެއް ޤާއިމް ކޮށްފައިވާ ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، "ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑް" އަށް ލިބޭ ފައިސާ އެނޫން ކަމަކަށް ހޭދަނުކުރެވޭނެކަން ސަރުކާރުން ކަށަވަރު ކުރައްވާނެ ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާއި ކޮޅިގަނޑުތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކަށް، އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިންތިޒާމުތަކެއް ހަމަޖައްސަމުން ގެންދަވާ ކަމުގެ މަޢުލޫމާތު އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ. މިގޮތުން، ކުއްލި ޙާލަތްތަކުގައި ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި ކައްކާގޭހާއި ބޭސްފަދަ ތަކެތީގެ އެކަށީގެންވާ ސްޓޮކެއް، ރައްކާކުރެވިފައި ހުންނާނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާއެއް ފަދަ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ހާލުގައިޖެހޭ އާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް، ކޮންމެ އަތޮޅެއްގައި ގާއިމްކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ރާއްވަވާފައިވާ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހީންގެ އެއްބައިވަންކަމުގެ ދުވަސް ފާހަގަކުރަނީ، 26 ޑިސެމްބަރ 2004ގައި، މުޅި ރާއްޖެ ތަޖުރިބާކުރި ސުނާމީގެ ބިރުވެރި ކާރިސާގައި ދިވެހީން ދައްކުވައިދިން އިންސާނިއްޔަތުކަމާ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
26 ޑިސެންބަރ 2018 | ބުދަ 13:11
މަޖްދީ
މަރުހަބާ އިބޫއައް ތީ ރައިސް އަކީ އެކަމަކު ކުޑަ މައްސަލައެއް މަސައްކަތް ފަށަން ވީކީ ނުން އެކަން ކޮއްފަ ދައްކަންވީ.