Advertisement
ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 00:35
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ގެސްޓްހައުސް މަހާސިންތާ
ގެސްޓްހައުސް މަހާސިންތާގެ ޝިޔާރަކަށް ''ދެމެހެއްޓެނެވި ފަތުރުވެރި ކަމަކާ ދިމާލަށް''
ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭނެ
މިމާސިންތާ ބާއްވަނީ މިމަހުގެ 29 ވަނަ ދުވަހު

ގެސްޓްހައުސް ހާސިންތާގެ ޝިޔާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވައިފިއެވެ. 

ރައީސް ސޯލިހު މިޝިޔާރު އިފްތިތާހްކޮށްދެއްވީ އަންގާރަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މިހަފްލާގައި ނައިބް ރައީސް ފައިސަލް ނަސީމުގެ އިތުރުން ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ގެސްޓް ހައުސް މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 29 ވާ ހޮނިހިރު ދުވަހު ދަރުބާރުގޭގައެވެ. މިއީ މިފަދަ މަހާސިންތާއެއް ޓުއަރިޒަމް މިނިސްޓްރީން އިސްނަންގަވައިގެން ބާއްވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

މި މަހާސިންތާގައި ބައިވެރިވުމަށް ރާއްޖޭގައި ރަޖިސްޓަރ ކޮށްފައިވާ ހުރިހާ ގެސްޓް ހައުސް އަކަށް ވަނީ ދައުވަތު ދީފައިވެއެވެ. މަހާސިންތާ ބޭއްވުމުގެ މަގްސަދަކީ އެ ދާއިރާއަށް ދިމާވާ ދަތިތަކަށް އޮޅުން ފިލުވައި ހައްލު ހޯދައި ދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް