Advertisement
ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 03:44
އައްޑޫ ސިޓީ - ބީޗެއް ތަރައްގީކުރަން ކައުންސިލުން ވަނީ ނިންމާފައި
އައްޑޫ ސިޓީ - ބީޗެއް ތަރައްގީކުރަން ކައުންސިލުން ވަނީ ނިންމާފައި
މުހައްމަދު ޝަރުހާން
އައްޑޫ ސިޓީ
ފަތުރުވެރިންނަށް ހާއްސަކޮށް އައްޑޫގައި ބީޗެއް ތަރައްގީ ކުރަނީ
އަމަލީ މަސައްކަތް ދެ މަސް ތެރޭ ފެށޭނެ

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމުގެގޮތުން ފަތުރުވެރިންނަށް ހާއްސަކޮށް ބީޗެއް ތަރައްގީ ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.  

އައްޑޫ ސިޓީ ކައުންސިލުން މި ގޮތަށް ނިންމާފައި ވަނީ، އައްޑޫގެ ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ތަސައްވަރު އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޝްވަރާ ހޯދުމުގެ ގޮތުން ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު އިއްޔެ (ހޯމަ ދުވަހު) ބޭއްވި ބައްދަލުވުމުގައެވެ.

ރައްޔިތުންގެ މަޖިލިސްގެ މެމްބަރު މުޙައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ގިނަ ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ފަތުރުވެރިކަމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ބީޗެއް ތަރައްގީ ކުރުމުގެ މުހިންމު ކަމެމެވެ. އެ ބައްދަލުވުމުގައި ލިބުނު ހިޔާލުތަކުގެ މައްޗަށް ފަތުރުވެރިކަމަށް ހާއްސަކޮށް ބީޗެއް ހެދުމަށް ކައުންސިލުން އިން ވަނީ ނިންމާފައެވެ.  

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، ބީޗް ތަރައްގީ ކުރަން ހާއްސަ ސަރަހައްދެއް ކަނޑައަޅައި އެތަން ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އެގޮތުން އީއައިއޭ އަންނަ އަހަރު ޖެނުއަރީ މަހު ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އީއައިއޭ ނިމޭހާ އަވަހަކަށް އަމަލީ މަސައްކަތް ދެމަސްތެރޭ ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ބީޗެއް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، އެ އަތޮޅަކީ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ކުރިއަރަމުން އަންނަ އަތޮޅެކެވެ. އައްޑޫގައި ހިމާޔަތް ކޮށްފައިވާ ކޯއްޓޭ ފަދަ ތަންތަނަކީ ޓޫރިސްޓުން މެދުގައި ވަރަށް މަގުބޫލު ތަންތަނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް