ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 03:49
ސީސީއަށް ފާޑުކީ ފަރާތްތަކުން ބުނެފައިވަނީ އެ މަނިކުފާނު ފަލަ މީހުންނަށް މަލާމަތްކުރެއްވީކަމަށް
ސީސީއަށް ފާޑުކީ ފަރާތްތަކުން ބުނެފައިވަނީ އެ މަނިކުފާނު ފަލަ މީހުންނަށް މަލާމަތްކުރެއްވީކަމަށް
ގެޓީ އިމޭޖަސް
އަބްދުލް ފައްތާހް އަލްސީސީ
މިސްރުގެ ރައްޔިތުންގެ ބަރުދަން ލުއިކުރުމަށް ރައީސް ސީސީ ގޮވާލައްވައިފި
މިސްރުގައި ކާބޯތަކެތީގެ އަގުތައް ދަނީ އުފުލެމުން

މިސްރުގެ ރައްޔިތުންނަށް ނިސްބަތްކޮށް ބަރުދަން ލުއިކުރުމަށް އެ ގައުމުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ގޮވާލެއްވުމުން ފާޑުކިޔުން އަމަޒުވެއްޖެއެވެ.

މި މަހުގެ ކުރީކޮޅު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ސީސީ ވިދާޅުވީ އާދަޔާ ޚިލާފަށް ފަލަ މީހުން ފެންނަމުންދާ ކަމަށާއި އެ ފަރާތްތަކުން އެ ބޭފުޅުންގެ ހަށިގަނޑަށް ފަރުވާތެރިވާން ވެއްޖެކަމަށެވެ.

ސީސީ ވިދާޅުވީ ހަށިގަނޑުގެ ތަރުބިއްޔަތަކީ ސުކޫލްތަކާއި ޔުނިވާސިޓީތަކުގެ މުގައްރަރުގެ މައި ބަޔަކަށް ހަދަންވެއްޖެކަމަށެވެ. އަދި ޓީވީ ޝޯތަކުގެ ޕްރެޒެންޓަރުންނާއި މެހެމެމާނުންގޮތުގައިވެސް ފަލަ މީހުންނަށް ފުރުސަތު ނުދޭންވީކަމަށެވެ.

"އަޅުގަނޑު ތަނަކަށް ވަންނަ ސިކުންތުގަ އަޅުގަނޑަށް ފެންނާނެ އަޅުގަނޑަށް ފާހަގަވާނެކަމަށް ތިބޭފުޅުންނަށް ޚިޔާލަށްވެސް ނުގެނެވޭނެކަންކަން އަދި އަޅުގަނޑު އަމިއްލަ ނަފްސަށް އަހާލެވޭނެ 'މި ކޯންޗެއްތޯ؟ މި ކޮން ބައެއްތޯ؟ ކީއްވެތޯ މި މީހުން އަމިއްލަ ހަށިގަނޑަށް ނުބަަލަނީ؟" ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ސީސީ ވިދާޅުވެފައިވެއެވެ.

ސީސީއަށް ފާޑުކީ ފަރާތްތަކުން ބުނެފައިވަނީ އެ މަނިކުފާނު ފަލަ މީހުންނަށް މަލާމަތްކުރެއްވީކަމަށެވެ. މީގެ އިތުރުން ފަލަވުމުގެ މައްސަލަ ހައްލުކޮށް ފިޓްނަސް ކުރިއެރުވުމަށް ހަރުދަނާ ޕްލޭނެއް ހުށަހަޅުއްވާފައިނުވާތީވެސް ފާޑުކިޔާފައިވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަކީލެއްކަމަށްވާ މުހައްމަދު ޒާރީ ވިދާޅުވީ ބަރުދަން ލުއިކުރަން އަމުރުކުރުމުގެ ބަދަލުގައި އެކަން ކުރެވޭނެ ގޮތެއް ސީސީ ހައްދަވައިދެއްވަންޖެހޭކަމަށެވެ. އަދި ސިއްހީ ގޮތުން ރަނގަޅުކާނާ ކުޑަ އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސައި އާދަޔާ ޚިލާފަށް ފަލަވުމުން ކުރަން ޖެހޭ އޮޕަރޭޝަން ދައުލަތުގެ ސިއްހީ ފަރުވާދޭ ނިޒާމެއްގެ ތެރެއިން ކުރެވޭނެ އިންތިޒާމް ހަމަޖައްސަންޖެހޭކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް