Advertisement
ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 19:24
އަންގާރަދުވަހު އޮތް ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން
އަންގާރަދުވަހު އޮތް ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް އޮފީސް
ތިން ސަރަހައްދެއް ހިމާޔަތް ކުރަނީ
މުއްސަނދި ތިން ސަރަހައްދު ހިމާޔަތް ކުރުމަށް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި
ހިމާޔަތް ކުރުމަށް ނިންމެވީ ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރުމަށްފަހު

ޤުދުރަތީ ގޮތުން މުއްސަނދިކަން ލިބިފައިވާ ތިން ސަރަހައްދެއް ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދަކީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އަންގާރަ ދުވަހު ވަނީ ނިންމަވައިފިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ސަރަހައްދުތަކަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށް ނިންމެވީ، މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަދުގެ ބައްދަލުވުމުގެ ކުރިން ބޭއްވެވި ކެބިނެޓުގެ މަސައްކަތު ބައްދަލުވުމުގައި، ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި، ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަހައްދުގެ ޤުދުރަތީ މުއްސަނދިކަމާއި، މި ތަންތަން ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަންނީ ބޭފުޅުން ކެބިނެޓް މިނިސްޓަރުންނަށް މަޢުލޫމާތު ދެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް