Advertisement
ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 19:21
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު، ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ދުވަހުގައި
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު، ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ދުވަހުގައި
ޓްވިޓަރ
ރިޔާޒު ރަޝީދު
ނިކުތީ ރައީސް ޔާމީންގެ ދިފާއުގައެއް ނޫން، ނިކުތީ ކުޅިބަލަން: ރިޔާޒު ރަޝީދު
ޖޭޕީގެ ތިން މެމްބަރަކު ރައީސް ޔާމީންގެ ދިފާއުގައި ނުކުމެވަޑައިގެންނެވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރު ކުރި ދުވަހު ނިކުތީ އެމަނިކުފާނުގެ ދިފާއުގައި ނޫންކަމަށާއި ނިކުންނެވީ "ކުޅިބަލަން ކަމަށް" ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ޖޭޕީއިން ބޭއްވި 125 ވަނަ ކައުންސިލް ބައްދަލުވުމަށް ރިޔާޒު ހާޒިރުކޮށް ސުވާލު ކުރުމުން ވިދާޅުވެފައިވަނީ އެދުވަހު ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމުން އެމަނިކުފާނު ދިފާއުގައި ނުކުތް މީހުންގެ ތެރޭގައި ހުންނެވީ ކުޅިބަލަން ކަމަށާއި އެއީ އެމަނިކުފާނުގެ ދިފާއުގައި ނިކުންނެވީ ނޫންކަމަށެވެ.  

ޔާމީން ފުލުހަށް ހާޒިރުކުރި ވަގުތު، އެމަނިކުފާނުގެ ދިފާއުގައި ނުކުތް މީހުންގެ ތެރޭގައި ހިމެނެނީ ރިޔާޒުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި، ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދޮންމަނިކުއެވެ. ނަމަވެސް ޖޭޕީ އެ މެމްބަރުންނާއި ސުވާލުކޮށްފައެއް ނުވެއެވެ. އެނގިފައިވާގޮތުގައި އެ މެމްބަރުންނާއި ސުވާލުކޮށްފައިނުވަނީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައި ނުވާތީއެވެ.

ޔާމީނުގެ ދިފާއުގައި ނިކުންނެވުމުން އެ މެމްބަރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން އެޕާޓީން މީގެ ކުރިން ނިންމިއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެޕާޓީން މިހާރު ވަނީ އެ މެމްބަރުންނަށް ފިޔަވަޅު ނާޅަން ނިންމާފައެވެ.

ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބަށް ވާދަކޮށް، 2014 ވަނަ އަހަރު ގޮނޑި ކާމިޔާބު ކުރެއްވި އެ މެމްބަރުން މިދިޔަ މަހު ވަނީ ޖޭޕީއަށް ގުޅިވަޑައިގެން، ޕާޓީގެ މެމްބަރޝިޕް ފޯމު އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަތްޕުޅަށް އަރުވާފައެވެ.

އަންނަ މަޖިލިސް އިންތިޚާބުގައި ރިޔާޒު ރަޝީދަށް ތާއީދު ކުރަން ނިންމަވައި ރައީސް ޔާމީން ޔާމީން ވިދާޅުވީ ވިލުފުށީ ދާއިރާއަށް ހޮވުމުގެ ކިރިޔާ ވެސް ފުރުސަތެއް ރިޔާޒަށް އޮތީ ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީ އަށް ވަޑައިގަތުމުން ކަމަށާއި ޕީޕީއެމް ދޫކޮށް ޖޭޕީއަށް ވަޑައިގެންނެވީ އެހެންވެ ކަމަށެވެ. އަދި ރިޔާޒަށް ތާއީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް