Advertisement
ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 17:52
މަސް ދޯނިތަކެއް ހޯޅުމާލެ ފަޅުގައި
މަސް ދޯނިތަކެއް ހޯޅުމާލެ ފަޅުގައި
މުހައްމަދު ފަޒީން
އެމްއެންޑީއެފް ކޯސްޓްގާޑް
އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރިން މަސްވެރިކަން ކުރަމުންދޭ: އެމްއެންޑީއެފް
އިންޑިޔާ ސަރުކާރުން މިކަން އެމްއެންޑީއެފް އާއި ހިއްސާކޮށްފައިވޭ

އިންޑިޔާ ކަނޑުގެ ސަރަހައްދަށް ވަދެ ދިވެހި މަސްވެރިން މަސްވެރިކަން ކުރަމުންދާ ކަމަށް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަގަށް ވަދެ މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާފައިވާ މަސްބޯޓާއި ގުޅޭ މައުލޫމާތު ދެއްވުމަށް އަންގާރަ ދުވަހު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒުހައިރު ވިދާޅުވީ ރާއްޖޭގެ މަސްވެރިން އިންޑިޔާގެ އިގްތިސާދީ ސަރަހައްދަށްވަދެ މަސްވެރިކަން ކުރަމުންދާތީވެ، އިންޑިޔާ ސަރުކާރުން އެކަން ހިއްސާކޮށްފައިވާ ކަމަށެވެ.

ދިވެހި މަސްވެރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މަސްވެރިކަން ކުރިއަށް ގެންދިއުމަށް ސަމާލުކަންދެއްވަން ޖެހޭ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސްވެރިންވެސް އެހެން ގައުމުގެ ސަރަހައްދުތަކަށް އެބަވަދޭ. އެއީ އަޅުގަނޑުމެންގެ މަސްވެރިންވެސް އެވެއަރވާން އެބަޖެހޭ. ހާއްސަގޮތެއްގައި އިންޑިޔާގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން އެބަދޭ"ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަގަށް ވަންނަ މަސްބޯޓްތަށް ހުއްޓުވުމުގައި ސަމާލުކަން ދެއްވާ ގޮތަށް އެހެން ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ވަދެ މަސްވެރިކަން ނުކުރުމަށް ރާއްޖޭގެ މަސްވެރިންވެސް ސަމާލުކަންދެއްވަންޖެހޭ ކަމަށެވެ.

ޑިސެމްބަރު 18 ވަނަ ދުވަހު ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަގަށް ވަދެފައިވާ މަސްބޯޓްގެ މައުލޫމާތު އެމްއެންޑީއެފް އާއި ހިއްސާކޮށްފައިވަނީ މަސްވެރިންނެވެ.

ގދ. ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުން ފެނުނު "އޮޝާދީ 1" ނަމަކަށް ކިޔާ މަސް ބޯޓު ދޫނިދޫ އަށް ގެންގޮސް ފުލުހުންނާ ހަވާލުކޮށް، އެ ބޯޓްގެ ތަހްގީގު ފުލުހުން މިހާރު ކުރަމުންދާ ކަމަށް ޒުހައިރު ވަނީ ވިދާޅުވެފައެވެ. އެ ބޯޓްގައި ތިބީ ސްރީލަންކާގެ ހަ މަސްވެރިން ކަމަށާއި، އެ ބޯޓްއިން ގިނައިން ބާނާފައިވަނީ މިޔަރު ކަމަށް ޒުހައިރު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް