Advertisement
ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 15:55
ޕީޕަލަލްސް އެކްޝަން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުން
ޕީޕަލަލްސް އެކްޝަން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުން
އިލެކްޝަންސް ކޮމިޝަން
ސިޔާސީ ޕާޓީތައް
ނަން ބަދަލު ކުރުމުން، އެކްޝަން ޕާޓީ އުފައްދަން ހުއްދަ ދީފި
ހުއްދަ ދިނީ ޕީޕަލަލްސް އެކްޝަން ޕާޓީ އުފައްދަން
ކުރިން ހުށަހެޅީ މޯލްޑިވިއަންސް އެކްޝަން ޕާޓީގެ ނަމުގައި
އަލަށް ފަސް ޕާޓީއެއް އުފައްދަން ހުށަހަޅާފައިވޭ

ނަން ބަދަލު ކުރުމަށް ފަހު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން، "ޕީޕަލަލްސް އެކްޝަން ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދީފިއެވެ.

އެ ޕާޓީ އުފެއްދުމަށް އީސީއަށް އެންމެ ފުރަތަމަ ހުށަހެޅީ "މޯލްޑިވިއަންސް އެކްޝަން ޕާޓީ" ނަމުގައެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު އީސީން ބުނީ އެ ނަމަކީ ޕާޓީއަކަށް ކިޔަން އެންމެ އެކަށީގެންވާ ނަމެއް ކަމަށް އެ ކޮމިޝަނަށް ނުފެންނަ ކަމަށެވެ.

އެ ސަބަބާ ހުރެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދިނުމުން، އެ ޕާޓީގެ ނަމުގެ ކުރިއަށް ލާފައިވާ "މޯލްޑިއަންސް" ކަނޑާލުމަށް ފަހު، ޕާޓީގެ ނަމުގެ ކުރިއަށް "ޕީޕަލްސް" އިތުރުކޮށް، ޕީޕަލްސް އެކްޝަން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީ ހުށަހެޅިއެވެ. އެގޮތަށް ހުށަހެޅުމުން އީސީން ވަނީ އެ ނަމުގައި ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އަންގާރަ ދުވަހު ދީފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެމްބަރަކަށްވުމަށް އެދިފައިވާ، މަދުވެގެން 3،000 މީހުންގެ ސޮއި ހޯދައި ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށެވެ.

ރާއްޖޭގެ މިހާރު ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ އަދަދަކީ ހައެކެވެ. އެ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވަނީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީގައެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ފަސް ސިޔާސީ ޕާޓީއެއް އަލަށް އުފެއްދުމަށް އީސީ އަށް ވަނީ ހުށަހަޅާފައެވެ. އެ ޕާޓީތަކުގެ ތެރެއިން ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވީ އެންމެ ފަރާތަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް