Advertisement
ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 15:10
ފޮނަދު ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ފޮނަދު ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ޓްވިޓަރ
ައަދުރޭ
ޕީޕީއެމް އިން ވަކިވެވަޑައިގެން އަލުން ޕާޓީ އުފެއްދުމުގެ ހުއްދަޔަށް އަދުރޭ ހުށަހަޅުއްވައިފި
ޕީޕީއެމް އިން ވަކިވެ އަދުރޭ ވަނީ އަނެއްކާ ވެސް ހުއްދަޔަށް ހުށަހަޅާފައި

މި މަހުގެ 24 ވަނަ ދުވަހު ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަޔަށް އެދުމުން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ނުދޭން ނިންމުމާ ގުޅިގެން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު އަބްދުއްރަހީމް އަބްދުﷲ އަލުން ޕާޓީ އުފެއްދުމުގެ ހުއްދަޔަށް ހުށަހަޅުއްވައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހު ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަޔަށް އެދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހަޅުއްވާފައިވާ ކަމަށާއި ނަމަވެސް އެ ހުއްދަ އޭރު ދެވެން ނެތް ކަމަށް ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ. ސަބަބަކީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފަރާތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވާ މީހެއް ކަމުގައިވާ ނަމަ ޝަރުތު ފުރިހަމަ ނުވާނެ ކަމަށާއި ޕާޓީން އުފައްދަން ހުށަހެޅި ފަރާތަކީ ޕީޕީއެމްގެ މެންބަރެއް ކަމަށެވެ. 

މީގެ އިތުރުން ޝަރީފު ވިދާޅުވީ އެ ގޮތަށް އެންގުމުން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް އަބްދުއްރަހީމް ހޯމަ ދުވަހު ހުށަހެޅުއްވި ކަމަށައި އަދި އެހެން ކަމުން ޕީޕީއެމްގެ ދަފްތަރުން ނަން މިހާރު އުނިކޮށްފައިވާ ކަމަށެވެ. ޕީޕީއެމް އިން ވަކިވެވަޑައިގަތުމާ ހަމައަށް އަދުރޭ ހުންނެވީ ނައިބު ލީޑަރެއްގެ ގޮތުގައެވެ.

ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ފަހު އަދުރޭ ވަނީ މިއަދުގެ ވަގުތެއްގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަލުން ހުށަހަޅާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ މި ޕާޓީ އަށް ހުއްދަ ދިނުމުގެ ކަންކަން މިހާރު ކޮމިޝަނުން ކުރިއަށް ގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް