Advertisement
ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 15:32
ބޯޑުގެ މެމްބަރުންނާ އެކު ނައިބު ރައީސް ފައިސަލް އަދި މިނިސްޓަރު އަމީން
ބޯޑުގެ މެމްބަރުންނާ އެކު ނައިބު ރައީސް ފައިސަލް އަދި މިނިސްޓަރު އަމީން
ރައީސް އޮފީސް
ފުރަތަމަ 100 ދުވަހުގެ ޕްލޭން
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑެއް އައްޔަން ކޮށްފި
މި ރަސްމިއްޔާތުގައި ބޯޑުގެ މެމްބަރުންނާ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް

ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކާ މެދު އާއްމުން ހޭލުންތެރިކުރުވުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކަށް ލަފާދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޑްވައިޒަރީ ބޯޑެއް އައްޔަން ކޮށްފިއެވެ.

އަންގާރަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯޑުގެ މެމްބަރުންނާއި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

މި ބޯޑު އެކުލަވާލާފައި ވަނީ ސިއްހީ ދާއިރާ އާއި ކުޅިވަރު އަދި މީޑިއާގެ ދާއިރާ ހިމެނޭ ގޮތަށެވެ. އަންގާރަ ދުވަހު އިފްތިތާހުކުރި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކާއި (ދުންފަތް، ސުޕާރީ، އެނާޖީ ބުއިންތައް، ހަކުރު ގިނަ ބުއިންތައް) ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރަން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

މި ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިއްބަވާނީ:

  1. އަލްފާޟިލާ ހަދީޖާ އަބްދުއް ސަމަދު، މިނިސްޓްރީ އޮފް ހެލްތު މައިމޫނާ އަބޫބަކުރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ
  2. އަލްފާޟިލާ ތޫމާ އާދަމް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
  3. ހުސައިން ރަޝީދު މޫސާ، މިނިސްޓްރީ އޮފް އެޑިއުކޭޝަން
  4. ޑރ. ނިޔާޝާ އިބްރާހިމް، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން
  5. އަޒްމީ އަލީ، މޯލްޑިވްސް މީޑިއާ ކައުންސިލް
  6. މަރްޒޫގް އަލީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
  7. އަހްމަދް ރާޝިދް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް