Advertisement
ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 09:35
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަދީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ފަލާހު
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަދީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ފަލާހު
މުހައްމަދު ފަޒީން
ރައީސް ޔާމީން
ޔާމީންގެ މައްސަލަތައް މުއައްސަސާތަކުން ބަލާނީ ޚިކުމަތްތެރިކަމާއެކު: ފަލާހު
ހިކުމަތްތެރިކަމާއި އެކު ސަރުކާރުން އެފަދަ ކަންކަން ބައްލަވަމުން އަދި ކުރައްވަމުން ގެންދާވާނެ
ދައުރުގެ  މެދުތެރެއިން ޖަލްސާއެއް ބާއްވަން އުލެނީ ސަރުކާރުން އެފަދަ ކަންކަން އަވަސް ކުރުމަށްޓަކައި

 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލަތައް ބެލުން ލަސްވާ ކަމަށް ރައްޔިތުންނަށް ހީވެދާނެ ކަމަށާއި، ނަމަވެސް އެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ކުރަމުން ގެންދާނެ ކަމަށް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ފަލާހު ވިދާޅު ވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ފަލާހް ވިދާޅުވީ ވޭތިވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާދީ ދުއްތުރާ ކުރަމުން ގެންދިޔަ ކަމަށާއި ބައިތުލްމާލުން ވައްކަންކޮށްފައިވާ ކަމަށެވެ. އެއީ މިއަދު އެންމެންނަށް އެނގި ފެންނަން ހުރި ހަގީގަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހްމަތަކެއް ކުރެވޭއިރު، އެކަންކަން ތަހްގީގުކުރުން ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި ފަލާހު ވިދާޅުވީ ރައީސް ޔާމީންއަށް ތުހްމަތުކުރެވޭ ކަންކަމުގައި އާންމު ރައްޔިތުންނަށް ނޭނގޭ އެތައް މައުލޫމާތެއް، ސަރުކާރާއި އޭސީސީއަށް އެނގޭނެ ކަމަށެވެ. 

"ސަރުކާރެއް ގާއިމްވެ މިވީ 36 ދުވަހުގެ ތޭރޭގައި، ރައީސް ޔާމީން ކުރި ކަންކަމަށް ލިބެންވާ ހައްގު އަދަބު ލިބުން ލަސްވެ ރައްޔިތުންނަށް އިންސާފް ލިބުމަށްވެސް ލަސްތަކެއް ވެއްޖެ ކަމަށް ހީވެދާނެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެކަންކަން ވަރަށް ބާރަށް ކުރިއަށް  ދާނެ،" ފަލާހް ވިދާޅުވިއެވެ.

ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ އާއި މަރުގެ މައްސަލަތައް ބެލުމަށް ސަރުކާރުން އުފެއްދި ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމުގެ ބިލްތައް ނިންމުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އުޅެނީ ވެސް ހިޔާނާތުގެ މައްސަލަތައް ބެލުން އަވަސްކުރުމަށް ކަމަށް ފަލާހު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޑިސެންބަރ 2018 | އަންގާރަ 05:48
ހަޟަވެރކަން
އަލަށް އުފައްދާ ޕާޓީއަށް ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ސަލާމަތް ކުރެވިދާނެތަ؟