Advertisement
ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 21:42
ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ރައީސް ނަޝީދު
ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ރައީސް ނަޝީދު
ރާއްޖެ އެމްވީ
މަޖިލީސް އިންތިހާބު 2019
ޖުމްހޫރީ ޕާޓީއަށް ބަދުބަސް ނުބުނުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
އިއްތިހާދުގެ ޕާޓީތަކުގެ ކެނޑިޑޭޓުންނައި ދެކޮޅަށް އެންޓި ކެމްޕޭން ނުކުރުމަށްވެސް އިލްތިމާސްކުރެއްވި

ޖުމްހޫރީ ޕާޓީއަށް ބަދަބަސް ނުބުނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ މެމްބަރުންނަށް ގޮވާލައްވައިފި އެވެ. 

މައްޗަންގޯޅި ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު ފައިރޫޒްގެ ޕްރައިމަރީ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދަޅުވީ ރިޔާސީ އިންތިހާބާއި ގުޅުވައި ކޯލިޝަނެއް ހެދުމަށްފަހު، ސަރުކާރު އެކުލަވާލައިފައިވަނީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ކަމަށެވެ. އަދި މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ފޯރިޔާއެކުގައި ކުރިއަށްދާއިރު، އިއްތިހާދުގައި ހިމެނޭ އެހެން ޕާޓީތަކަށް ބަދަބުސް ނުބުނުމަށް ރައީސް ނަޝީދު، ޕާޓީގެ އާންމު މެމްބަރުންނަށް ގޮވާލެއްވި އެވެ. 

ޖުމްހޫރީ ޕާޓީގެ ނަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީއަށާއި، އެ ޕާޓީގެ ބޭފުޅުންނަށް ބަދަބަސް ބުނެގެން ކެމްޕޭނުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. 

ޖުމްހޫރީ ޕާޓީން މަޖިލީހުގެ މަޖިލީހުގެ 87 ގޮނޑިއަށް ވާދަކުރެއްވުމަށް ނިންމެވި ނިންމުމަށް ނަޝީދު މިރޭ ވެސް މަރުޚަބާ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ޑިމޮކްރަސީއަށް ލިބުުނު އިތުރު ކުރިއެރުމެއް ކަމަށެވެ. ގިނަ ކެނޑިޑޭޓުންތަކެއް ވާދަކުރުމުން ރައްޔިތުންނަށް، ރައްޔިތުންގެ ނިންމުން ނިންމަން ފުރިހަމަ ފުރުސަތު ލިބިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުން ނިންމާނީ، ޤައުމަށް އެންމެެ ރަނގަޅު ނިންމުންކަމުގައި ދެކިވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް