Advertisement
ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 17:02
ސަފާރީ ފަރަށް އަރާފައި އޮންނަތާ މަހެއްހާ ދުވަސް
ސަފާރީ ފަރަށް އަރާފައި އޮންނަތާ މަހެއްހާ ދުވަސް
ޓްވިޓަރ
ދަރަވަންދޫ
ދަރަވަންދޫ ފަރަށް އެރި ސަފާރީ ފަނާވާން ދޫކޮށްލާފައި
ސަފާރީގެ ލަކުޑިތައް ފީވެ، ރަށަށް ދަނީ ލައްވަމުން
ފަރަށް އެރީ މި މަހުގެ 20 ވަނަ ދުވަހު
ފަރަށް އެރި ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް

ބ. ދަރަވަންދޫ ފަރަށް ސަފާރީއެއް, ފުން ކުރުމުގެ މަސައްކަތް ނުކޮށް، އެ ސަފާރީ "ފަނާވާން" ދޫކޮށްލާފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

ދަރަވަންދޫ ފުއްޓަރު ފަރާޓަރު ފަރާތަށް "ބްލޫ ލެގޫން" ނަމަކަށް ކިޔާ ސަފާރީ އަރާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ސަފާރީ ފަރަށް އަރާފައިވާ ސަރަހައްދަކީ ބ. އަތޮޅު ޔުނެސްކޯއިން ބައޮސްފިޔާ ރިޒާވް ކޮށްފައިވާ ސަރަހައްދެކެވެ.

ކައުންސިލްގެ ނައިބް ރައީސް އަލީ ޝަފީގް "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ފަރަށް އަރާފައިވާ ސަފާރީ ފީވެ އެއިން ލަކުޑިތައް ފައިބަމުންދާ ކަމަށާއި އެއްޗެހި ގޮނޑުދޮށަށް ލައްގަމުން އަންނަ ކަމަށެވެ. އޭގެ ސަބަބުން ނުރައްކާތެރި ހާދިސާ އެއް ހިނގާފާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މަހުގެ 20 ވަނަ ދުވަހު ދަރަވަންދޫ ފަރަށް އެރި "ބްލޫ ލެގޫން ސަފާރީ" -- ފޮޓޯ/ އެމްއެންޑީއެފް

އެ ސަފާރީއަކީ މީގެ މަހެއް ކުރިން 27 މީހުންނާއެކު ފަރަށް އެރި އުޅަނދެއް ކަމަށާއި، އޭގެ ވެރިފަރާތުން ބޯޓު ފުންކުރުމުގެ މަސައްކަތް ކުރި ކަމަށް ވެސް ދަރަވަންދޫ ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ބޯޓު އެހެން އޮތުމުގެ ސަބަބުން ފަރަށް ގެއްލުންތަކެއް ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަފީގް ވިދާޅުވީ، އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ސަމާލު ކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.

އެކަމާ ބެހޭ ގޮތުން އީޕީއޭގެ ބަހެއް ހޯދާލުމަށް ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމަށް ގުޅާލުމުން އޭނާ ވިދާޅުވީ، ފަރަށް އަރާފައި އޮތް ސަފާރީ ފުންކުރުމަށް އޭގެ ވެރި ފަރާތައް އަންގާފައިވާ ކަމަށެވެ. އޭގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުން އީޕީއޭއިން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަރަވަންދޫ ފުއްޓަރު ފަރާތަށް އެރި ސަފާރީ ހަލާކުވެ، އެއިން ބައިތައް ރަށަށް ދަނީ ލައްވަމުން-- ފޮޓޯ/ ރާއްޖެއެމްވީ

ޓޫރިޒަމްގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރަމުންދާ ދަރަވަންދޫގެ ފަރުތަކަށް ގެއްލުން ލިބިމުގެ ސަބަބުން ޓޫރިޒަމް ހީނަރުވެދާނެތީ އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލް އިން ވަނީ ފާޅުކޮށްފައެވެ. ކައުންސިލްގެ އިތުރުން ރަށުގެ ރައްޔިތުންގެ އުއްމީދަކީ ވީ އެންމެ އަވަސް މުއްދަތެއްގައި މި ކަމަށް ހައްލެއް އައުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
25 ޑިސެންބަރ 2018 | އަންގާރަ 05:51
ފާތުމަ
ފަރަށްއެރި ބޯޓުގެ ވެރިފަރާތައް ގުޚާލާ ކަންކަން ދާހިސާބު ބަލާލިނަމަ ތިރިޕޯޓު ފުރިހަމަވީސް
25 ޑިސެންބަރ 2018 | އަންގާރަ 02:01
dd
Mee amir mansoor boateh