Advertisement
ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 16:13
ބަންޑާރަ ކޮށްޓަށް ރައީސް ވަޑައިގެންނެވުމުން، ޗީފް އޮފް ޑިފެންސް ފޯސް ޝަމާލު މަރުހަބާ ދަންނަވަނީ
ބަންޑާރަ ކޮށްޓަށް ރައީސް ވަޑައިގެންނެވުމުން، ޗީފް އޮފް ޑިފެންސް ފޯސް ޝަމާލު މަރުހަބާ ދަންނަވަނީ
އެމްއެންޑީއެފް
ރައީސް ސޯލިހު
ރައީސް ސޯލިހު ފުރަތަމަ ފަހަރަށް ބަންޑާރަ ކޮށްޓަށް
ސިފައިންނާ އެކު މެންދުރުގެ ފަރިއްކޮޅަށް އިންސާފު ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ސިފައިންގެ މައި އިދާރާ ބަންޑާރަ ކޮށްޓަށް ވަޑައިގެން، ސިފައިންގެ އިސް އޮފިސަރުންނާ ބައްދަލު ކުރައްވައިފިއެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ރައީސް ސޯލިހު ބަންޑާރަކޮށްޓަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ މެންދުރުއެވެ.

ރައީސް ސޯލިހު ބަންޑާރަ ކޮއްޓަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލެވެ.

އެމްއެންޑީއެފުން ބުނީ ރައީސް ސޯލިހު ހޯމަ ދުވަހު ބަނޑޭރިކޮށްޓަށް ވަޑައިގެން، އޮފިސަރުންނާ އެކު މެންދުރުގެ ފަރިއްކޮޅަކަށް އިންސާފު ކުރެއްވި ކަމަށެވެ. ރައީސާ އެކު އެ ފަރިއްކޮޅުގައި ޖެނަރަލް އޮފިސަރުންނާއި ޔުނިޓް ކޮމާންޑަރުންނާއި ސީނިއަރ ވޮރެންޓް އޮފިސަރުންނާއި އެންލިސްޓެޑް ލީޑަރުންނާ ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
24 ޑިސެންބަރ 2018 | ހޯމަ 11:41
Abdulla Saeed
ޗީފް އޮފް ޑިފެންސް ފޯސްގެ ނަން ބޭނުންކުރާއިރު މަޤާމާއެކު ބޭނުންކުރުން ވަރަށް މުހިންމު. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް