Advertisement
ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 12:21
އަހުމަދު އަޝްރަފް(ޝުމްބާ ގޮންގް)
އަހުމަދު އަޝްރަފް(ޝުމްބާ ގޮންގް)
މުހައްމަދު ޝަރުހާން
ޝުމްބާ ގޮންގް
ޝުމްބާ ބަންދުން ދޫކޮށްލައިފި
ދޫކޮށްލީ ހުކުމެއް ނުކޮށް ބަންދުގައި ހުންނަތާ ތިން އަހަރާއި އެއްމަހާއި 22 ދުވަސް ފަހުން

ބިރު ދެއްކި ކަމުގެ މައްސަލައެއްގައި ދައުވާ ކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް(ޝުމްބާ ގޮންގް) ގޭބަންދުން ދޫކޮށްލައިފިއެވެ.  

ބަންދާއިމެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓްގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އޭނާ ގޭބަންދުން ދޫކޮށްލުމަށް އިއުތިރާޒެއް ނެތްކަމަށެވެ. 

ސްރީ ލަންކާގައި ދިރިއުޅެމުންދަނިކޮށް އަޝްރަފް ހައްޔަރުކޮށްގެން ރާއްޖެ ގެނެސް، ދޫނިދޫގައި ބަންދުކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައާ ގުޅިގެން އޭނާ ހޯދަން އިއުލާނުކުރި ނަމަވެސް، ކޮށްފައިވަނީ ބިރުދެއްކުމުގެ ދައުވާ އެވެ. ޝުމްބާއަށް ކޮށްފައިވާ ދައުވާގައިވާ ގޮތުން އޭނާ ބިރު ދައްކާފައިވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ނިއުޕޯޓް ރެސްޓޯރެންޓް ހިންގާ ޒާހިދު ރަމީޒަށެވެ.

ޝުމްބާ ހައްޔަރުކޮށް ޖަލުގައި ބަންދުކުރިތާ 14 މަސް ދުވަސް ފަހުން އޭނާ ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 1 ގައެވެ. ޝުމްބާ ދޫކޮށްލީ ހުކުމެއް ނުކޮށް ބަންދުގައި ހުންނަތާ ތިން އަހަރާއި އެއްމަހާއި 22 ދުވަސް ފަހުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް