Advertisement
ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 12:02
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު
ފޭސްބުކް
މިއުޒިކް ކުޅުން
ހަފްތާ ބަންދުގައި މިއުޒިކް ޝޯވ ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޑރ އިޔާޒު
ރައީސް ސޯލިހުގެ ސަރުކާރު ގެނައުމަށް މަސައްކަތް ކުރީ ވަރަށް ފޮނި އުންމީދުގައި

ޒުވާނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް ކޮންމެ ހަފްތާ ބަންދެއްގައި ބާއްވާ ''ހަފްތާ ރެސް'' މާކެޓްގައި މިއުޒިކް ޝޯވ ބާއްވާތީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ނުރުހުންފާޅު ކުރައްވައިފިއެވެ.

ޑރ އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޝާ ނަމާދަށްފަހު މުހިންމު ކަމެއް ނެތް ނަމަ އަވަހަށް ދިނުމަށް މިއުންމަތުގެ ރަސޫލާ މުހައްމަދުގެފާނު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ''ހަފްތާ ރެސް'' ނުވަތަ ''ހަފްތާ ނިންމުން'' ނުވަތަ އެނޫން ނަމެއްގައި ވެސް ރޭގަނޑު 12 ޖަހަންދެން މިއުޒިކް ޝޯވ ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވީ ވަރަށް ފޮނި އުންމީދުގައިކަން ފާހަގަ ކުރައްވަމުން ޑރ. އިޔާޒު ވަނީ ކުރީގެ ސަރުކާރުން ހިންގިފަދަ މުޑުދާރު އަމަލުތައް ނުކުރެއްވުމަށް ގޮވާލައްވާފައެވެ.

 

ހަފްތާ ރެސް އަކީ ޔޫތް މިނިސްޓްރީން ޒުވާނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް ކުރާ މަސައްކަތުގެ ދަށުން ކޮންމެ ހަފްތާ ބަންދެއްގައި ބާއްވާ މާކެޓެކެވެ. ޑިސެމްބަރު 28 ގައި ފަށާ މިމާކެޓުން އަގު ހެޔޮކޮށް އެއްޗެހި ގަންނަން ލިބޭއިރު، މިއުޒިކްގެ އިތުރުން ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 ޑިސެންބަރ 2018 | ހޯމަ 07:04
އަލީބަލީ
މި ސަރުކާރު ގެނައުމަށް އަޅުގަޑުމެންވެސް މަސައްކަތް ކުރިން. މިއީ މަނިކުފާނުގެ އެކަނި ޢަނީމާ މުދަލެއް ނޫން. މުނިފޫހި ފިލުވުމުގެ ކަންކަން ބާއްވަން އަޅުގަޑުމެން ބޭނުން.