Advertisement
ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 09:36
ޝެންގެން ވިސާ އެގްރީމަންޓުގައި ހިމެނޭ ގައުމުތައް
ޝެންގެން ވިސާ އެގްރީމަންޓުގައި ހިމެނޭ ގައުމުތައް
ޑެއިލީ އެކްސްޕްރެސް
ޝެންގެން ވިސާ
ރާއްޖޭގައި ހުރެގެން ޝެންގެން ވިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލަނީ
ކްކްލިނިކް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 27 ޖެނުއަރީ 2019 އިން ފެށިގެން 28 ޖެނުއަރީ 2019 އަށް
ކްލިނިކްގެ ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ޖެހެނީ ވިސާ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު އޮންލައިންކޮށް އެޕޮއިންޓްމަންޓްއެއް ހައްދަވަން

ދިވެހިރާއްޖޭގައި ހުރެގެން ޖަރުމަނުގެ ޝެންގެން ވިސާއަށް އެދުމުގެ ގޮތުން ރާއްޖޭގައި ވިސާ އެޕްލިކޭޝަން ކްލިނިކެއް ހުޅުވަން ހަމަޖެހިއްޖެއެވެ.

އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލިނިކް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 27 ޖެނުއަރީ 2019 އިން ފެށިގެން 28 ޖެނުއަރީ 2019 އަށް، ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 18:00 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ކަމަށެވެ.

މި ވިސާ އެޕްލިކޭޝަން ކްލިނިކްގެ ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ޖެހެނީ  http://www.vfs-germany.com/index.html ވެބްސައިޓުގައިވާ ވިސާ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު އޮންލައިންކޮށް އެޕޮއިންޓްމަންޓްއެއް ހެއްދެވުމަށް އެދެންށެވެ. އަދި 25 ޖެނުއަރީ 2019 ގެ 17:30 އާއި ހަމައަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ޖަރުމަނުގެ އެމްބަސީއިން ވަނީ މަޢުލޫމާތު ދެއްވާފައިވެއެވެ.

ވިސާއަށް އެދި ހުށައަޅާ މީހުންގެ އަދަދަށް ބަލައި، ވިސާ ކްލިނިކުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ޖަރުމަނުގެ ސަރުކާރުން މި ލުއިތައް ދޭން ނިންމާފައި ވަނީ ދިވެހިންނަށް ލުއި ފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖެއްސަވައި ދެއްވުމަށް ދިވެހި ސަރުކާރުން ޖަރުމަނު ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. މިކަމުގެ ސަބަބުން އެ ގައުމަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިއީ ޝެންގަން ވިސާއަށް ރާއްޖޭގައި ތިއްބަވައިގެން އެޕްލައިކުރެވޭ ފުރަތަމަ ފަހަރެވެ.

މި ކްލިނިކްގެ މަސައްކަތަކަށް ވާނީ ވިސާއަށް އެދޭ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ( ސިފަ، އިނގިލީގެ ނިޝާން) ނެގުމަށް ފަހު، މި މައުލޫމާތު ލަންކާގައި ހުންނަ ޖަރުމަނުގެ އެމްބަސީއަށް ފޮނުވުމެވެ. ވިސާ އެޕްލިކޭޝަންއާއި ދޭތެރޭ ގޮތެއް ނިންމާނީ ޖަރުމަނުގެ އެމްބަސީއިން ކަމަށް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

ޝެންގެން ވިސާއަކީ ޝެންގެން އެގްރީމަންޓުގައި ބައިވެރިވެފައިވާ 26 ޔޫރަޕުގެ ގައުމަށް އެރުމަށް ލިބޭ ވިސާއެކެވެ. މި އެއްބަސްވުމުގައި ބައިވެރިވެފައިވާ ގައުމުތަކުން އެ ގައުމުތަކުގެ ސަރަހައްދީ އިމުގެ ތެރޭގައި ގެންގުޅެނީ ވިސާ ދިނުމުގައި އެއް ސިޔާސަތުތަކެކެވެ، އަދި މި ގައުމުތަކުގެ ރައްޔިތުން، ޝެންގެންގައި ބައިވެރިވެފައިވާ އެހެން ގައުމުތަކަށް ދާން ޕާސްޕޯޓްއެއް ވެސް ބޭނުން ކުރާކަށް ނުޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް