Advertisement
ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 09:42
ހަތަރު ފުރޮޅުލީ އުޅަނދެއް ޕާކް ކުރަން ޖަރާޖެއް ހުންނަން ޖެހޭ
ހަތަރު ފުރޮޅުލީ އުޅަނދެއް ޕާކް ކުރަން ޖަރާޖެއް ހުންނަން ޖެހޭ
ރާއްޖެއެމްވީ
ޓްރާންސްޕޯޓް މިނިސްޓްރީ
ދެރައެއް ލިބޭފަދަ ފިޔަވަޅެއް ނާޅައި، ހައްލު ހޯދާނެ: ޓްރާންސްޕޯޓް
މިހާރު އެކުލަވާލާފައިވާ އުސޫލު ތަންފީޒު ކުރަން ފަށާނީ އަންނަ މަހު

ވިޔަފާރި ކުންފުންޏަށް ނުވަތަ އެއްވެސް ފަރާތަކަށް ދެރައެއް ލިބޭފަދަ ފިޔަވަޅެއް ނާޅައި މައްލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއަރ އޮފިޝަލަކު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިހުމާލެއްވާނަމަ އެކަން އިސްލާހުކުރާނެ ކަމަށާއި، ވިޔަފާރި ކުންފުންޏަށް ނުވަތަ އެއްވެސް ފަރާތަކަށް ދެރައެއް ލިބޭފަދަ ފިޔަވަޅެއް ނާޅައި ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޓެކްސީގެ ކަންތައްތަކުގައި ޑްރައިވަރުންނާއި ބައްދަލުކޮށް އެބޭފުޅުންގެ ވެސް ހިޔާލާއެކު ކުރިއަށްދަނީ. ރައްޔިތުންނަށް ފަސޭހަ ކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ނުހޯދައި ކަންކަން ނުނިންމާނެ" އޮފިޝަލް ވިދާޅުވިއެވެ.

ގަރާޖު ރަޖިސްޓްރީ ކުރުމުގައި އަމަލު ކުރާނެ އުސޫލަށް އަލިއަޅުއްވާލައްވާ އޮފިޝަލް ވިދާޅުވީ މިއުސޫލު މިނިސްޓްރީގެ ފަރާތުން ރަސްމީކޮށް އިއުލާން ނުކުރާ ކަމަށެވެ. އަދި މިހާރު އެކުލަވާލާފައިވާ އުސޫލު ތަންފީޒު ކުރަން ފަށާނީ ޖެނުއަރީ 2019 ގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީއިން ގެނައި އިސްލާހުގައިވާ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް ޕާކް ކުރަން ހުއްދަ ދީފައިވާ ގަރާޖު ނޫން އެހެން ތަނެއްގައި ޕާކްކޮށްފި ނަމަ، އެ އުޅަަނދެއްގެ ރަޖިސްޓިރީ ހިފަހައްޓާނެއެވެ. އެ އުޅަނދުތައް ދަންވަރު 12:00 ފެށިގެން ހެނދުނު 06:00 އާ ދެމެދު ގަޑިއިރަކަށް ވުރެ ގިނައިރު ވަންދެން މަގުމަތީގައި ޕާކު ކޮށްފައި ބެހެއްޓުން މަނާވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 ޑިސެންބަރ 2018 | ހޯމަ 05:34
މުޙައްމަދު
އަޅުގަނޑުމެން ޤަބޫލުކުރަނީ ރަޖިސްޓްރީ ބާތިލު ކުރުމުގެ ބަދަލުގަ ސަރުކާރުން މިހާރު ހުރި ވެހިކަލްތަކަށް ޕާކުކުރާނެ ތަނެއް ދައްކާނެކަމަށް. ކޮންމެ މީހަކީ މާލޭގެ ގެދޮރުވެރިއެއް ނޫން. ރައްޔިތުންގެ އަގުބޮޑެތިމުދާ ބޭނުން ނުކުރެވޭ ގޮތަށް ނުހައްދަވާ. ވަރަށް އާދޭހާއި އެކު މިސަރުކާރުގަ މިއެދެނީ