Advertisement
ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 01:44
އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު އަލީ
ޓްވިޓަރ
ހެނދުނުގެ ނާސްތާ
ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށާނީ ދެ ވަނަ ޓާމުގައި:މިނިސްޓަރު
މެނޫ އަކީ ކުދިންގެ ސިއްހަތަށް ފައިދާވާ ގޮތަށް ޔުނިސެފްގެ އެހީގައި ތައްޔާރު ކޮށްފައިވާ މެނޫއެއް

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ނާސްތާ ދޭން ފަށާނީ އަންނަ ދިރާސީ އަހަރުގެ ދެވަނަ ޓާމުން ފެށިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހެނދުނުގެ ނާސްތާ ދިނުމާ ގުޅޭ ގޮތުން ބެލެނިވެރިންނާއި އާންމުންގެ ޚިޔާލު ހޯދަން އަމީނިއްޔާ ސްކޫލްގައި ބޭއްވި ފޯރަމްގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ކުދިންނަށް ނާސްތާ ދިނުމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ އިތުރު ހަކަތަ ލިބިގެންކަމަށާއި ރާއްޖޭގައި މި ފަދަ ޕޮރްގްރާމެއް ފަށާފައި ވަނީ އެހެން ގައުމުތަކުގައި އެކަން ކޮށްފައިވާ ގޮތަށް ބަލާފައި ކަމަށެވެ. 

މި ޕްރޮގްރާމަކީ އަޖުމަ ބެލުމުގެ ގޮތުން ހިންގާ ޕޮރޮގްރާމެއް ކަމަށާއި، މިފަހަރު ދޭން ހަމަޖެހިފައިވަނީ 25 ސްކޫލަކަށް ކަމަށެވެ. ނަމަވެސް އަންނަ ދިރާސީ އާ އަހަރުގެ ދެވަނަ ސެމިސްޓާގައި ހުރިހާ ސްކޫލަކަށް ހެނދުނުގެ ނާސްތާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މެނޫއަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް. މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ނާސްތާ ޕްރޮގްރާމްގެ މެނޫ އަކީ ކުދިންގެ ސިއްހަތަށް ފައިދާވާ ގޮތަށް ޔުނިސެފްގެ އެހީގައި ތައްޔާރު ކޮށްފައިވާ މެނޫ އެއްކަމަށެވެ. 

"އަޅުގަނޑުމެން މިދެނީ ހެނދުނުގެ ނާސްތާ. އޭގައި ހުންނާނެ ހުރިހާ މީލްތަކެއް ދަރިވަރުން ނަގާނެ ގޮތް ކިޔާދީފައި. އަދި  މީލްތައް އަޅުގަނޑުމެން ޖެނުއަރީ މަހު ހުރިހާ ބޭފުޅުންނާ އެ ފޮތް އަޅުގަނޑުމެން ޕަބްލިޝް ކުރާނަން. އޭރުން ހުރިހާ ބޭފުޅުންނަށް އޭތި ލިބިގެންދާނެ'' މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލް ކުދިންގެ ނާސްތާ މެނޫ އަށް އެކި ފަރާތްތަކުން ހިޔާލު ހުށައަޅާފައިވާ ކަމަށާއި އެ ހިޔާލުތަކާއި އެއްގޮތަށް މެނޫ އަށް ބަދަލުތަކެއް ގެންނަމުން ދާކަމަށް މިނިސްޓަރު ދާޅުވިއެވެ.  

އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މި ފޯރާމްގައި އާއްމުން ވަނީ މިކަމަކީ ރަނގަޅު ކަމެއް ގޮތުގައި ފާހަގަ ކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް