Advertisement
ކ. މާލެ
|
23 ޑިސެންބަރ 2018 | އާދީއްތަ 13:05
ޕްރައިވައިޓޭޒެޝަން އެންޑް ކޯޕަރޭޝަންގެ ރައީސް މުހައްމަދު ނިޒާރު
ޕްރައިވައިޓޭޒެޝަން އެންޑް ކޯޕަރޭޝަންގެ ރައީސް މުހައްމަދު ނިޒާރު
މުހައްމަދު ޝަރުހާން
ޕްރައިވަޓައިޒޭޝަން ބޯޑު
ކުންފުނިތަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަނު ނުކުރެވިގެން އުޅެނީ ސަރުކާރުން ނަން ހުށަހަޅާފައިނުވާތީ: މުހައްމަދު ނިޒާރު
މެނޭޖިންގ ޑިރެކްޓަރުން އައްޔަނުނުކުރާ ކުންފުނިތަކުގައި ހިންގުމާ ވަގުތީ ގޮތުން ކުންފުނިތަކުން ބޯޑް މެމްބަރެއް ހަވާލުވެގެން ހުންނާނެ

ކުންފުނިތަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަން ނުކުރެވިގެން އުޅެނީ ސަރުކާރުން ނަންހުށަހަޅާފައި ނުވާތީ ކަމަށް ޕްރައިވައިޓޭޒެޝަން އެންޑް ކޯޕަރޭޝަންގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ މިހާރު މެނޭޖިންގ ޑިރެކްޓަރުން އައްޔަނު ނުކުރާ ކުންފުނިތަކުގައި ހިންގުމާއި ވަގުތީ ގޮތުން ކުންފުނިތަކުން ބޯޑް މެމްބަރެއް ހަވާލުވެގެން ހުންނާނެ ކަމަށާއި ސަރުކާރުން ނަން ހުށަހެޅުމުން މަގާމަށް ޝަރުތުހަމަވާ ނަމަ އެ ބޭފުޅަކު ވީހާ ވެސް އަވަހަކަށް އައްޔަންކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަދި ރައީސުލްޖުމްހުރިއްޔާގެ ސްޕޯކްސް ޕާރސަން އިބްރާހީމް ހޫދު ވިދާޅުވީ ބޮޑެތި ކުންފުނިތަކަށް ކުއްލިޔަކަށް ބަދަލު ގެނެސްފި ނަމަ އެ ކުންފުނީގެ ހިންގުމަށް ފުށޫއަރާފާނެ ކަމަށާއި ބަދަލުތައް މަޑުމަޑުން ގެނައުމުގެ ވިސްނުމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ކަމަށެވެ. މީގެ އިތުރުން ހޫދު ވިދާޅުވީ ހުސްވެފައިވާ މަގާމުތަކަށް އައްޔަނުކުރާނެ ވަކި ތާރީހެއް ކަނޑައަޅާފައިނުވާ ކަމަށެވެ.

މިހާތަނަށް ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ އެމްއެމްޕީއާރުސީ، އެސްޓީއޯ، އައިލެންޑް އޭވިއޭޝަން ސާރވިސަސް، އެމްޑަބްލިއުއެސްސީ، އެމްޕީއެލް، ސްޓެލްކޯ އެމްޓީސީސީ އަދި ފެނަކަޔަށަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަނުކުރައްވާފައެވެ. މިހާތަނަށް މި ސަރުކާރުން އައްޔަނުކޮށްފައި ވަނީ ޖުމްލަ އަށް މެނޭޖިންގ ޑިރެކްޓަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް