Advertisement
ކ. މާލެ
|
23 ޑިސެންބަރ 2018 | އާދީއްތަ 12:25
އިންޑޮނޭޝިއާއަށް ސުނާމީ އަރައި ގެއްލުން ވެފައި
އިންޑޮނޭޝިއާއަށް ސުނާމީ އަރައި ގެއްލުން ވެފައި
ބީބީސީ
އެމެރިކާ-އިންޑޮނޭޝިއާ
އިންޑޮނޭޝިއާއަށް އެރި ސުނާމީ: މަރުވި މީހުންގެ އަދަދު 168 އަށް
ސުނާމީ އުފެދުނީ އަލިފާންފަރުބަދައެއް ގޮވައި ކަނޑުއަޑިން ބިންގަޑު ކަނޑައިގެން
ރު މަރުވި މީހުންނާއި ގެއްލުން ވި ފަރާތްތައް އިތުރުވެދާނެކަމަށް ބެލެވޭ

ހޮނިހިރު ދުވަހު އިންޑޮނޭޝިއާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 186 އަށް އަރައިފިއެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނީ ސުނާމީގައި 745 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށެވެ. 

އިންޑޮނޭޝިޔާގެ ޖާވާ އާއި ސްމަތުރާއާ ދެމެދު އޮންނަ ސަންޑާ ސްޓްރައިޓް ކަނޑުގައި އުފެދުނު ސުނާމީގައި އެތަށް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު މަރުވި މީހުންނާއި ގެއްލުން ވި ފަރާތްތައް އިތުރުވެދާނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.

ހޮނިހިރު ދުވަހުގެ ރޭ މެންދަމު އިންޑޮނޭޝިއާއަށް އައި ސުނާމީގެ އަސަރު ބޮޑުވީ ހަނދުވަރު މޫސުމުގައި ދިޔަވަރު ބޮޑުވުމުން ކަމަށް ބެލެވޭ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެއެވެ. ސުނާމީ އުފެދުނީ އަލިފާން ފަރުބަދައެއް ގޮވައި ކަނޑުއަޑިން ބިންގަޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. 

އިންޑޮނީޝިއާގެ ޖިއޮލޮޖިކް އޭޖެންސީން ބުނީ ހުކުރު ދުވަހު ފަރުބަދަ ގޮވާފައިވާއިރު ފަރުބަދައިގެ ގޮވުން 12 ސިކުންތައް ދެމިގެންގޮސްފައިވާ ކަމަށާއި ފަރުބަދައިން އެރި ދުމާއަޅި 400 މީޓަރަށް އަރާފައިވާ ކަމަށެވެ.

އެ އޭޖެންސީން ވަނީ ފަރުބަދައާ ދެ ކިލޯމީޓަރަށްވުރެ ކައިރީގައި ނުތިބުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް