Advertisement
ކ. މާލެ
|
23 ޑިސެންބަރ 2018 | އާދީއްތަ 12:04
ގ. ސިނަމާލެ، މުހައްމަދު އަންވަރު
ގ. ސިނަމާލެ، މުހައްމަދު އަންވަރު
ރާއްޖެ އެމްވީ
މޯލްޑިވްސް އިމިގްރޭޝަން
އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރު އިސްތިއުފާ ދެއްވައިފި
މަގާމުގައި ހަތަރު އަހަރު ހޭދަ ކުރެއްވި

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން މުހައްމަދު އަންވަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރެއްވި އަންވަރު މަގާމުން އިސްތިއުފާ ދެއްވައި، އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އާދީއްތަ ދުވަހު ވަނީ ފޮނުވާފައެވެ.

އާ ސަރުކާރާ އެކުގައި ވެސް އަންވަރު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން އިސްތިއުފާ ނުދެއްވައި ހުންނެވުމާއި، އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރުން ދިގުދެމިގެންދާތީ ގިނަ ބަޔަކު ވަނީ ފާޑުކިޔަމުންނެވެ. 

ކުރިން ކޮމިޝަނަރު ޖެނަރަލް ކަސްޓަމްސްގެ މަގާމުގައި އަދި މާލޭ ސިޓީ ކައުންސިލްގައި ވެސް އުޅުއްވި އަންވަރު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. 

މިހާރު ބޭނުންކުރަމުން ގެންދާ ޕާސްޕޯޓްތަކާއި ޕާސްޕޯޓް ކާޑް ތައާރަފު ކުރީ އަންވަރު، ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވިއިރު އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 ޑިސެންބަރ 2018 | އާދީއްތަ 08:18
ޓްއަރ ގައިޑް އެސޯސިއޭޝަން އޮފް
އިމިގްރޭޝަނަށް ކޮންމެ ބޭފުޅަކު ލިޔަސް މި ޤައުގަ ވިސާ އަކާ ނުލާ ބިދޭސީން ނޫޅޭނެ ގޮތެން ނުވާނެ ކޮންޓްރޯލާރ އޮފް އިމިގްރޭޝަން ނަންގަވާ ކަޅުފައިސާއިން ރައީސަކަށް ހުންނަވާ ބޭފުޅާއަށް ވެސް އަދި އެމަނިކުފާނު ނިސްބަތްވާ ޕާޓީއަށްވެސް ބައި އަޅުއްވާ ކިހިނެން ހުއްޓުވާނީ ކާކު ފިޔަވަޅު އަޅާނީ މި ޤައުގަ އޮންނަ ސަޤާފަތަކީ ރައީސް ދިފާއު ކުރުން މަޖިލިސްގެ ބޭފުޅުންނާއި،ކޮއްފައިވާ ހުވާގެ މަތިންވެސް ޕޮލިހުން ހަދާން ނުހުރޭ މަޤާމް ލިބުނީމަ ރައްޔިތުން ނުފެނޭ ވޯޓް ހޯދަންވީމަ ރައްޔިތުންގެ ހައްގުގަ އެބޭފުޅުން އަވަހާރަފުޅު ނުލައްޕަވާ ފަރީ ނުކުޅުއްވާ އަބިދަރިންނާއިއެކު ވަގުތުކޮޅެއް ހޭދަކުރުމެންނެތި ރައްޔުންގެ ހައްޤު ހޯދަދިނުމަށޯ ކިޔާފަ ޤާނޫނު ހަދަނީ ރައީސް ދިފާއު ކުރުމަށާއި، އެމްޕީން ޖީބަށް ފައިސާ އިތުރު ވާގޮތަކަށް! ވ