ކ. މާލެ
|
23 ޑިސެންބަރ 2018 | އާދީއްތަ 03:39
ކަޝްމީރުގައި ސިފައިން ފޯރި މަރަނީ
ކަޝްމީރުގައި ސިފައިން ފޯރި މަރަނީ
އޭއެފްޕީ
އިންޑިއާ ކަޝްމީރު
އިންޑިއާ ސިފައިން ކަޝްމީރުގައި ހަނގުރާމަވެރިންތަކެއް މަރާލައިފި
ހަނގުރާމަވެރިންގެ ހަ މީހަކު މަރާލާފައިވޭ

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި އިންޑިއާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ހަނގުރާމަވެރިންތަކެއް މަރާލައިފިއެވެ.

ކަޝްމީރުގެ ފުލުހުންގެ ވެރިޔާ ބުނެފައިވަނީ މި އޮޕަރޭޝަންގައި ހަނގުރާމަވެރިންގެ ހަ މީހަކު މަރާލާފައިވާ އިރު، އާއްމުންގެ އެއްވެސް ބަޔަކަށް ގެއްލުމެއް ނުވާ ކަމަށެވެ. އަސްކަރިއްޔާއިން ހަނގުރާމަވެރިންނާއި ހަމަލާ ބަދަލު ކުރީ ހުޅުވިފައި އޮތް ދަނޑެއްގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލެވުނު ހަނގުރާމަ ވެރިން ނިސްބަތް ވަނީ އަންސަރުލް ގަޒްވާތުލް ހިންދް ކިޔާ، އަލް-ގައިދާއާއި ގުޅިފައިވާ ޖަމާއަތެކެވެ. މަރާލެވުނު މީހުންގެ ތެރޭގައި މި ޖަމާއަތުގެ ކޮމާންޑަރެއް ހިމެނޭ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ހަނގުރާމަވެރިން މަރާލުމާއި ގުޅިގެން އެ ހިސާބުގަނޑުގެ އާއްމުން ވަނީ މުޒާހަރާ ކޮށްފައެވެ. މަޝްރަހު އިތުރަށް ހަލަބޮލި ވިޔަ ނުދިނުމަށް ގުޅިގެން އެ ހިސާބުގަނޑުގެ މުއާސަލާތީ ހިދުމަތާއި ރޭލު ދަތުރު ފަތުރުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. މިދިޔަ ހަފްތާގައި އާއްމުންގެ ހަތް މީހަކު އެއްވުމެއްގެ ތެރެއިން އަސްކަރިއްޔާއިން މަރާލުމާއި ގުޅިގެން އެ ހިސާބުގަނޑުގެ މީހުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މި އަހަރު ތެރޭގައި އިންޑިއާގެ އަސްކަރިއްޔާއިން ވަނީ 232 ހަނގުރާމަވެރިންނާއި 156 އާއްމުން މަރާލާފައެވެ. މިދިޔަ މަހު އެ ސަރަހައްދުގެ ސްޓޭޓް އެސެމްބްލީ އުވާލުމަށް ފަހު ވަނީ، އިންޑިއާ ރައީސްގެ ސީދާ ބެލުމުގެ ދަށަށް ހަ މަސް ދުވަސް ފަހުން ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް