ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 21:25
އެ މީހުން ފެނުނު އެޓްލަސް ފަރުބަދަ މަތީ ސަރަހައްދު
އެ މީހުން ފެނުނު އެޓްލަސް ފަރުބަދަ މަތީ ސަރަހައްދު
ސީ.އެން.އެން
މޮރޮކޯގެ ފަތުރުވެރިން
މޮރޮކޯގައި ދެ ފަތުރުވެރިންގެ ކަރު ބުރި ކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި
މި ދެ މީހުން މަރާލިތަން ދައްކުވައިދޭ ކަމަށް ބުނާ ވީޑިއޯއެއް މީސް މީޑިއާގައި އާއްމު ވުމާއި ގުޅިގެން ޑެންމާކުގެ ސެކިއުރިޓީ އެންޑް އިންޓެލިޖެންސްއިން ވަނީ އެ ވީޑިއޯ ދިރާސާކޮށްފަ

މޮރޮކޯގެ އެޓްލަސް ފަރުބަދަ ސަރަހައްދުގައި އަންހެން ދެ ފަތުރުވެރިއެއްގެ ކަރު ބުރި ކޮށްލާފައި އޮތްވާ ފެނުނު މައްސަލައިގައި އެ ގައުމުގެ ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ކަރު ބުރި ކޮށްލާފައި އޮއްވާ ފެނުނީ ޑެންމާކަށް ނިސްބަތްވާ ލުއިސާ ޖެސްޕަރސަންއާއި ނޯވޭގެ މަރެން އޫލެންޑްއެވެ. މި ދެ މީހުންވެސް އެންމެ ފަހުން ފެނިފައި ވަނީ އެ މީހުން ތިބި މަރަކޭޝްގެ ހޮޓެލް ތެރެއިން ތިން ފިރިހެނުންނާއި އެކުގައެވެ. އެ މީހުން ފެނުނީ މީހުން ނޫޅޭ އިމްލީލް ސަރަހައްދުންނެވެ.

މި ދެ މީހުން މަރާލިތަން ދައްކުވައިދޭ ކަމަށް ބުނާ ވީޑިއޯއެއް މީސް މީޑިއާގައި އާއްމު ވުމާއި ގުޅިގެން ޑެންމާކުގެ ސެކިއުރިޓީ އެންޑް އިންޓެލިޖެންސްއިން ވަނީ އެ ވީޑިއޯ ދިރާސާކުރަމުން ދާ ކަން ސީއެންއެންއަށް ކަށަވަރު ކޮށްދީފައެވެ.

މޮރޮކޯގެ ފުލުހުން ބުނެފައިވަނީ ޓެރަރިސްޓު އަމަލެއް ކަމަށް ޝައްކު ކުރެވޭތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހައްޔަރު ކުރެވުނު ތިން މީހުންނަކީ އުމުރުން 25 އާއި 33 އަހަރާއި ދެމެދުގެ ފިރިހެނުން ކަމަށް މޮރޮކޯގެ ދައުލަތުގެ މީޑިއާ، އެމްޓޫއިން ވަނީ ހާމަކޮށްފައެވެ.

މޮރޮކޯއަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ. ހާއްސަކޮށް އެ ގައުމުގެ މަރަކޭޝްއާއި ކަސަބްލަންކާއަކީ އެ ތަން ތަނުގެ ރީތި އިމާރާތްތަކާއި މިސްކިތްތަކުގެ ފަރުމާގެ ސަބަބުން މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވާ އަވަށްތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް