Advertisement
ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 13:14
އަތުލައިގަތް މަސް ބޯޓް
އަތުލައިގަތް މަސް ބޯޓް
އެމްއެންޑީއެފް
ބޭރުގެ މަސްބޯޓެއް ފެނުން
އަތުލައިގަތް ލަންކާ މަސް ބޯޓު މާލެ ގެންނަނީ
އެ ބޯޓްގައި ލަންކާގެ ހަ މަސްވެރިން ތިބި
އެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލާގަތް ސްރީ ލަންކާގެ ބޯޓު މިއަދު މާލެ ގެނެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޏ. ފުވައްމުލަކުން އެމްއެންޑީއެފްގެ ކޯސްޓްގާރޑް ބެލުމުގެ ދަށުން އެ މަސްބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމާށާއި، މިއަދުގެ ވަގުތެއްގައި މާލެ ގެނެވޭނެ ކަމަށެވެ. ހަ މަސްވެރިން ތިބި އެ މަސްބޯޓު މާލެ އާދެވޭނެ ވަކި ވަގުތެއް ފުލުހުން ނުބުނެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ގދ. ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުން ފެނުނު "އޮޝާދީ 1" ނަމަކަށް ކިޔާ ލަންކާގެ އެ މަސް ބޯޓު އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނައީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އަދި އެ ރޭ 11:40 ހާއިރު ފުލުހުން ވަނީ ހަވާލުކޮށްފައެވެ.

ލަންކާގެ އެ ބޯޓު ފެނިގެން ރިޕޯޓުކޮށްފައި ވަނީ ރާއްޖޭގެ މަސް ދޯންޏެއް ކަމުގައިވާ "ވާދީ"އިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް