Advertisement
ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 14:36
ކޯސްޓްގާޑްގެ ލޯންޗެއް
ކޯސްޓްގާޑްގެ ލޯންޗެއް
މުހައްމަދު ޝަރުހާން
ހާލުބޮޑުވުން
ދޯނީގެވަތަށް ފައިބައިގެން ހާލު ބޮޑުވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު

ދޯނީގެ ވަތް ސާފުކުރަން ފައިބައި އުޅެނިކޮށް ނޭވާ ހާސްވެ، ހާލުބޮޑުވި މީހާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޒިއްމާދާރު ވެރިޔާ މުހައްމަދު ހަސަން ވިދާޅުވި ކުޅުދުއްފުށީ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނ. ކެނދިކުޅުދޫ އުމުރުން 33 އަހަރުގެ ހުސެން ރަދީފު އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. މިހާރު އޭނާއަށް އައިޖީ އެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް މުހައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ހާދިސާގައި ހާލު ދެރަވެގެން ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 28 އަހަރުގެ ވ. ކެޔޮދޫ ޝަނޫނު އަބްދުއްސަތާރު ފަރުވާ ދިނުމަށް ފަހު ބުދަ ދުވަހުގެ ރޭ ވަނީ ދޫކޮށްލާފައެވެ.

ހއ. ތުރާކުނު ހުޅަނގު އުތުރުން 12 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އާރކް" ނަމަކަށް ކިޔާ ދޯނީގައި ތިބި ދެ މީހުން ހާލު ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ހއ. ދިއްދުއަށް ގެންދިޔައީ އަންގާރަ ދުވަހުގެ ރޭގައެވެ.

ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ރަދީފު ކުޅުދުއްފުއްޓަށް ގެންދިޔައީ ދިއްދޫ ހޮސްޕިޓަލްގައި އައިސީޔޫއެއް ނެތުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް