Advertisement
ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 10:16
މި މަހުގެ ފަސް ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއެއްގައި ފެން ބޮޑުވެފައި
މި މަހުގެ ފަސް ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއެއްގައި ފެން ބޮޑުވެފައި
އަވަސް
ފެން ބޮޑުވުން
ފެންބޮޑުވުމުން ގެއްލުން ލިބުނު 62 ގެއަކަށް ޑީޒާސްޓަރ އިން ފައިސާ ދީފި
127 ގެއަކަށް ގައިސާ ބަހާނެ
ގެތަކަށް ލިބުނު ގެއްލުން 1.3 މިލިއަނަށް އަރާ
ފެންބޮޑުވީ ފަސް ވަނަ ދުވަހު ކުރި ވިއްސާރާގައި

މާލޭގައި ފެންބޮޑުވެ، ގެއްލުން ލިބުނު 62 ގެއަކަށް މިހާތަނަށް ފައިސާ ދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރ (އެންޑީއެމްސީ) ބުނެފިއެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ކުރި ވިއްސާރާގައި މާލޭގައި ފެންބޮޑުވެ، ގެއްލުން ލިބުނު 210 ގެތަކުގެ ތެރެއިން، އެސެސްމަންޓް ރިޕޯޓު ހެދުމަށްފަހު ފައިސާ ދިނުމަށް ނިންމާފައި ވަނީ 127 ގެއަކަށެވެ. ގެއްލުން ލިބުނު ގެތަކަށް ފައިސާ ބަހަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓަރ އަދި މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ފެންބޮޑުވުމުން މާލޭގެ ގެތަކަށް ލިބުނު ގެއްލުން 1.3 މިލިއަނަށް އަރާ ކަމަށާއި އެ އަދަދަށް ގެއަކަށް ފައިސާ ބަހާނެ ކަމަށެވެ. އެގޮތުން މާދަމާ ހެނދުނު 9:00 ފެށިގެން، ފައިސާ ބަހަން ފަށާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

މި މަހުގެ ފަސް ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ އެންމެ ބޮޑެތި ގެއްލުންތަކެއްވެފައި ވަނީ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދުގެ ގެތަކަށާއި އަމީނީމަގުގެ ހުޅަނގުފަރާތު ގެތަކަށާއި ވެސްޓް ޕާކްސަރަހައްދުގެ ގެތަކަށެވެ.

މާލޭގައި ފެންބޮޑުވުން ދެ އާއިލާއަކަށް ވަގުތީ ހިޔާވަހިކަން ދޭންޖެހުނެވެ. މި މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުން ފެށިގެން މެދުކެނޑުމެއް ނެތި ފަސް ގަޑިއިރު ވަންދެން މާލެށް ކުރި ވިއްސާރައިގައި ރެކޯޑު އަދަދަކަށް މާލެށް ވަނީ ވާރޭ ވެހިފައެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް އިން ލަފާކުރާ ގޮތުގައި މާލެއަށް 223.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވެއެވެ. އެއީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް