ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 09:45
އެމެރިކާގެ ބޯޑަރުން އެތެރެވާން މެކްސިކޯގެ ޓިހުއާނާއިން ބަޔަކު މަސައްކަތް ކުރަނީ
އެމެރިކާގެ ބޯޑަރުން އެތެރެވާން މެކްސިކޯގެ ޓިހުއާނާއިން ބަޔަކު މަސައްކަތް ކުރަނީ
ބީބީސީ
އެމެރިކާއަށް ހިޖުރަކުރާ މީހުން
އެމެރިކާއަށް ގަވައިދާ ހިލާފަށް އެތެރެވާ މީހުންނަށް ހިމާޔަތް ހޯދަން އެދެވޭނެ: ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުތަކުން ކަނޑައެޅި ހުކުމްތައް ދަމަހައްޓާފައި
ނުރައްކާތެރި ގޮތް ގޮތަށް އެތެރެވާ މީހުން ހުއްޓުވުމަށް ހެދި ގާނޫނެއް ކަމަށް ސަރުކާރުން ވަނީ ކޯޓުގައި ބުނެފައި

ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުންނަށް ހިމާޔަތް ނުދޭ ގޮތަށް ހިޖުރަވެރިންގެ ސިޔާސަތު ބަދަލުކުރަން އެ ގައުމުގެ ރައީސް ޓްރަމްޕް ނިންމި ނިންމުން ގޯސް ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ނުވަ ގާޒީންގެ ބެންޗުން ވަނީ ހިޖުރަވެރިންގެ ސިޔާސަތަށް ގެނައީ އެމެރިކާގެ ހެދިފައިވާ ގާނޫނުތަކާއި ހިލާފު ނިންމުމެއް ކަމަށް ދަށު ކޯޓުތަކުން ކަނޑައެޅި ހުކުމްތައް ދަމަހައްޓާފައެވެ. ސުޕްރީމް ކޯޓު ބެންޗުގެ ވޯޓު ނިމުނީ 5-4ގެ ނަތީޖާއަކުންނެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ޓްރަމްޕް އިއުލާން ކުރެއްވި ސިޔާސަތަށް ގެނައި ބަދަލަކީ އެމެރިކާއަށް ނުރައްކާތެރި ގޮތް ގޮތަށް އެތެރެވާ މީހުންނަށް ރައްދުކޮށް، އެ މީހުން ހުއްޓުވުމަށް ހެދި ގާނޫނެއް ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ ކުރިން ދަށު ކޯޓުތަކުން ހުކުމް އިއްވިއިރު ބުނެފައި ވަނީ ރައީސްއަކަށް ގައުމުގައި ހެދިފައި ހުރި ގާނޫނުތަކާއި ފުށު އަރާ ސިޔާސަތުތަކެއް ނުހިންގޭނެ ކަމަށެވެ.

ޓްރަމްޕްގެ މި ސިޔާސަތަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައިވަނީ ގަވައިދާ ހިލާފަށް އެތެރެވާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް ސިޔާސަތުތަށް ބައްޓަންވެފައި އޮތުމަކީ ގަވައިދާ ހިލާފަށް އެތެރެވާ މީހުންނަށް ލިބޭ ހިތްވަރެއް ކަމަށެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއިން ބުނެފައި ވަނީ ގަވައިދާ ހިލާފަށް އެތެރެވާ މީހުން ހިމާޔަތް ހޯދަން އެދިގެން ވެސް މަޑުކުރަން ޖެހޭނީ މެކްސިކޯގައި ކަމަށެވެ. މެކްސިކޯގެ ސަރުކާރުން ވަނީ އެހެން ދިމާވާ ފަރާތްތަކަށް މަސައްކަތުގެ ވިސާއާއި އެހެނިހެން އެހީތެރިކަން ފޯރުކޮށް ދޭން އެއްބަސްވެފައި ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައެވެ.

އަންދާޒާ ކުރެވިފައިވާ ގޮތުގައި އެމެރިކާގައި 12 މިލިއަނަށް ވުރެ ގިނަ އަދަދަކަށް ގަވައިދާ ހިލާފަށް އެތެރެވެފައި ތިބި މީހުން ދިރިއުޅެމުން ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް