ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 06:03
ނޭޕާލްގެ ފަރުބަދަ މަތީ ސަރަހައްދުގެ މަގެއް
ނޭޕާލްގެ ފަރުބަދަ މަތީ ސަރަހައްދުގެ މަގެއް
ނިއު ޔޯކް ޕޯސްޓް
ނޭޕާލް
ނޭޕާލްގެ ފަރުބަދައެއް މަތިން ބަހެއް ވެއްޓި 21 މަރު
ހާދިސާ ހިނގި އިރު ބަހުން ދަތުރު ކޮށްފައި ދިޔައީ ޓީޗަރުންތަކަކާއި ދަރިވަރުންތަކެއް

ނޭޕާލްގެ ފަރުބަދައެއްގެ މަގެއްގައި ދުއްވާފައި ދިޔަ ބަހެއް، މަގުން ކައްސާލައްގެން ވެއްޓި 21 މީހަކު މަރުވެ، 15 މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގި އިރު ބަހުން ދަތުރު ކޮށްފައި ދިޔައީ އުނގެނުމުގެ ދަތުރެއް ނިންމާފައި އައި ޓީޗަރުންތަކަކާއި، ދަރިވަރުންތަކެކެވެ. ބަސް ވެއްޓުނީ ވެރިރަށް ކަތަމަންޑޫއާ 400 ކިލޯ މީޓަރު ދުރުގައި ހުންނަ، މީހުން މަދު ސަރަހައްދަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަގުން ކައްސާލައިގެން ގޮސް ބަސް ވަނީ 700 މީޓަރު އަޑިއަށް ވެއްޓިފައެވެ. އަނިޔާވީ މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާގައި މިހާތަނަށް 13 ފިރިހެނެއްގެ އިތުރުން ތިން އަންހެނެއްގެ ހަށިގަނޑު ނެގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނޭޕާލުގެ ފަރުބަދަމަތީ ސަރަހައްދުގެ މަގުތަކުގައި މިކަހަލަ ހާދިސާތައް ހިނގުމަކީ އާއްމު ކަމެކެވެ. މިދިޔަ ހަފްތާގައި ވެސް ނޭޕާލުގައި ބަހެއް ވެއްޓި 20 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް