Advertisement
ކ. މާލެ
|
21 ޑިސެންބަރ 2018 | ހުކުރު 19:28
ނައިބް ރައީސް ފައިސަލް ނަސީމް ކުޅުދުއްފުށީގައި
ނައިބް ރައީސް ފައިސަލް ނަސީމް ކުޅުދުއްފުށީގައި
މުހައްމަދު ޝަރުހާން
ނައިބް ރައީސް ފައިސްލަ ނަސީމް
ހދ. އަށް ކުރެއްވި ދަތުރުފުޅަށްފަހު ފައިސަލް މާލެ ވަޑައިގެންފި
އެމަނިކުފާނު ވަޑައިގެންފައިވަނީ ކުޅުދުއްފުށްޓަށާއި، ނޮޅިވަރަމަށާއި، ހަނިމާދޫއަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހދ. އަތޮޅުގެ ތިން ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ. 

ހދ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންފައިވަނީ ކުޅުދުއްފުށްޓަށާއި، ނޮޅިވަރަމަށާއި، ހަނިމާދޫއަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި މި ތިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެކި މުޢައްސަސާތަކަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި، އެ މުޢައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވައި، އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.

އޭގެއިތުރުން އިއްޔެ މޫދަށް އެރި އުޅެނިކޮށް ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އެގޮތުން ހދ. ނޮޅިވަރަންފަރަށް ވަޑައިގެން، ނިޔާވި ކުއްޖާގެ އާއިލާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ތައުޒިޔާއެއް ވިދާޅުވެފަވެއެވެ. 

ނައިބް ރައީސްގެ އަރިހުގަިއ މި ދަރުފުޅުގައި ބައެއް މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި، ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް