ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 09:40
އިންޑޮނީޝިއާ މުޒާހަރާގެ ބައިވެރިން ބެނާތަކެއް ހިފައިގެން
އިންޑޮނީޝިއާ މުޒާހަރާގެ ބައިވެރިން ބެނާތަކެއް ހިފައިގެން
އޭޕީ
ޗައިނާގެ އުއިޣުރު މުސްލިމުން
ޗައިނާއިން މުސްލިމުންނަަށް ކުރާ އަނިޔާތަކާ ދެކޮޅަށް އިންޑޮނޭޝިއާގައި މުޒާހަރާ ކުރަނީ
މުޒާހަރާ ކުރަނީ ޗައިނާ އެމްބަސީ ދޮށުގައި

ޗައިނާގެ އުއިއުރް މުސްލިމުންނަށް އެގައުމުގެ ސަރުކާރުން ކުރާ އަނިޔާތަށް ހުއްޓާލުމަށް ގޮވައި އިންޑޮނީޝިއާގައި މުޒާހަރާ ކުރަން ފަށައިފިއެވެ. 

ވެރިރަށް ޖަކާޓާގައި ހުންނަ ޗައިނާ އެމްބަސީ ދޮށަށް ހުކުރު ދުވަހު ސަތޭކާއެއްހާ މީހުން އެއްވެ މުޒާހަރާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެއްވި މީހުން އަޑު އުފަލަމުން ދަނީ ޗައިނާއިން  އެގައުމުގެ މުސްލިމުންނާ ދޭތެރޭ ކުރާ އަނިޔާތައް ހުއްޓާލުމަށެވެ.

''ގެޓް އައުޓް ކޮމިއިނިސްޓް'' ޖަހާފައި ހުރި ބެނާތައް ހިފައިގެން ތިބި މީހުން ވަނީ ޗައިނާ ސަރުކާރަށް ވަަރަށް ބޮޑަށް ފާޑުކިޔާފައެވެ. 

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ދަނީ އަދ.ގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންއިން ޗައިނާގެ މުސްލިމުންގެ ދިފާއުގައި ވާހަކަ ދެއްކުމަށް ގޮވާލަމުންނެވެ. 

އދ.ގެ އިންސާނީ ހައްގުތައް ބަލަހައްޓާ ޖަމާއަތުން އޮގަސްޓު މަހު ނެރުނު ރިޕޯޓެއް ބުނާގޮތުގައި، ޗައިނާގެ އުއިއުރް ދަރިފަސްކޮޅުގެ މިލިއަނެއްހާ މުސްލިމުންނާ ދޭތެރޭ އެ ގައުމުގެ ސަރުކާރުން ދަނީ އިހާނެތިކޮށް ކަންތައްތައް ކުރަމުންނެވެ.

އެގޮތުން އެމީހުންނަށް ނަމާދު ކުރަން ހުރަސް އެޅުމާއި ބުރުގާ އެޅުން ޗައިނާ އިން ވަނީ މަނާކޮށްފައެވެ. 

ޗައިނާގެ އާބާދީގެ ތިން ޕަސެންޓް ހިއްސާ ކުރަނީ އެގައުމުގެ މުސްލިމުންނެވެ. އޭގޭ ތެރެއިން އެންމެ ގިނައީ ޝިންޖިއާންގައި އުޅޭ އުއިއުރް މުސްލިމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް