Advertisement
ކ. މާލެ
|
21 ޑިސެންބަރ 2018 | ހުކުރު 10:32
މަގުމަތީގައި ދުއްވާފައިދާ އުޅަނދު ތަކެއް
މަގުމަތީގައި ދުއްވާފައިދާ އުޅަނދު ތަކެއް
ރާއްޖެއެމްވީ
ޓްރާންސްޕޯޓް އޮތޯރިޓީ
ޑްރައިވިން ޓެސްޓް ހެދުމަށް އަންހެނުންނަށް އަންހެނުން!
ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި

ސައިކަލް ދުއްވުމުގެ ޑްރައިވިން ޓެސްޓް ހެދުމަށް އަންހެނަކު ބޭނުންވާ އަންހެނުންނަށް އެކަމުގެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.  

މިގޮތަށް ހަމަޖެއްސެވީ ޝައިޚް އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ލައިސަންސް ނަގަން ޑްރައިވިން ޓެސްޓް ހަދާއިރު ފިރިހެން ބޭފުޅަކު ފަހަތަށް އަރުވަން ބޭނުންނުވާ އުޚުތުންނަށް ފަސޭހަކަމާއެކު އަންހެން ބޭކަނބަލަކު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަތުމާ އެކު އެވެ.

ޝައިޚް އަލީ ޒާހިރުގެ ޓުވީޓަށް ޖަވާބު ދެއްވާ ޓްރާސްންޕޯރޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝައިޚް އަލީ ޒާޙިރު ދެއްވި ރަނގަޅު ޚިޔާލެއް ކަމަށާއި އެއްގޮތަށް ހަމަޖެއްސުމަށް މިހާރުވަނީ ރަސްމީކޮށް އަންގަވާފައި ކަމަށެވެ. 

"އިންޝާ ﷲ ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެ،" ޓްވީޓްގައި ވިދާޅުވެފައިވެ އެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް