Advertisement
ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 14:38
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
ރާއްޖެއެމްވީ
އިމާރާތް ކުރުން
އިމާރާތް ކުރާ ތަންތަނުގެ ރައްކާތެރިކަމާ ބެހޭ ގަވާއިދު ދެ ހަފްތާގެ ތެރޭގައި ގެޒެޓް ކުރާނެ: މިނިސްޓަރު އަސްލަމް
އެންމެ މުހިންމީ ރައްޔިތުންނާއި، މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން
ސަލާމަތްތެރިކަމާއި ބެހޭ ގަވާއިދު މިއަންނަ އަންގާރަ ދުވަހު އޭޖީ އޮފީހަށް ފޮނުވާނެ

އިމާރާތް ކުރާ ތަންތަނުގެ ރައްކާތެރިކަމާ ބެހޭ ގަވާއިދު ދެ ހަފްތާގެ ތެރޭގައި ގެޒެޓް ކުރާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މާލެ ސިޓީގައި ކޮންސްޓަރަކްޝަންގެ ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ނަމަވެސް އެންމެ މުހިންމީ އާންމު ރައްޔިތުންނާއި، މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އިމާރާތް ކުރުމުގެ ގާނޫނޫ ބުނާ ގޮތުން މިއަހަރުގެ މާޗް މަސް ތެރޭގައި އެކަމާ ގުޅޭ ގަވާއިދުތައް ހެދިފައި ހުންނަން ކަމަށާއި ނަމަވެސް އެގަވާއިދުތައް ނެތް ކަމަށެވެ.

އެގޮތުން މަސައްކަތް ކުރަމުން ދަނީ ފެށޭ ހަފްތާގެ އަންގާރަ ދުވަހު އެގަވާއިދުގެ ތެރެއިން، އިމާރާތް ކުރުމުގެ ސަލާމަތްތެރިކަމާ ބެހޭ ގަވާއިދު އޭޖީ އޮފީހަށް ފޮނުވުމަށް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ވާނެ ރާއްޖޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ޕްރޮފެޝަނަލް ދެ އެސޯޝިއޭޝަން ކަމުގައިވާ އާޓިޓެކްޗާރ އެސޯޝިއޭޝަންއާ އިންޖިނިއާރ އެސޯޝިއޭޝަން މިހާރު އެކުލަވާލެވިފައިވާ ގަވާއިދުއަށް އެބޭފުޅުންގެ އެއްވެސް ކަހަލަ ކޮމެންޓެއް އޮތްތޯ ބެލުމަށް ފޮނުވާފަ. ދެން މިއަންނަ ހަފްތާ އާދިއްތަ ދުވަހު މެންދުރު 1:00 އަށް އެބޭފުޅުންގެ ކޮމެންޓެއް އޮވެއްޖެއްޔާ އަޅުގަނޑުމެންނަށް އެކަން އަންގަވާދެއްވާފިނަމަ، އެކޮމެންޓާއެކީގަގަވާއިދަށް ރިވިޝަނަށް ގެނެސްފަ އަންގާރަ ދުވަހާއި ހަމައަށް އަޅުގަނޑުމެން އޭޖީ އޮފީހަށް ގާނޫނީ ލަފައަށް ގަވާއިދު ފޮނުވާނަން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މަސައްކަތައްތައް ކުރިއަށްދާ ގޮތުން އުންމީދު ކުރަނީ ކުރިއަށް އޮތް ހަފްތާ ނިމި ދެން އޮތް ހަފްތާ ފެށެންވާއިރަށް އިމަރާތް ކުރާތަންތަނުގެ ސަލާމާތާއި، ރައްކާތެރިކަމާއި ބެހޭ ގަވާއިދު ގެޒެޓް ކުރެވޭވަރުވާނެ ކަމަށެވެ.

"14 ގަވާއިދެއް ގާނޫނުގެ ދަށުން ހަދަންޖެހޭ މިވަގުތަށް އެންމެ އިސްކަން ދީގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް އޮތް މަހެއް ދެމަހެއްގެ ތެރޭގައި އިރާދަ ކުރެއްވިއްޔާ ހުރިހާ ގަވާއިދެއް އަޅުގަނޑުމެންނަށް ހެދޭނެ،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ގަވާއިދުތައް ތަންފީޒު ކުރާނެ ކަމަށާއި، ގާވާއިދާ އެގޮތަށް މަސައްކަތް ކުރޭތޯ ވެސް ސިޓީ ކައުންސިލްއާ ގުޅިގެން އަބަދު ވެސް ރެގިއުލޭޓް ކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް