Advertisement
ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 09:44
ކޯސްޓްގާޑްގެ ލޯންޗެއް
ކޯސްޓްގާޑްގެ ލޯންޗެއް
މުހައްމަދު ޝަރުހާން
މަސްވެރިކަން
ވަތަށް ފައިބައިގެން ހާލުބޮޑުވި އެކަކު އަދިވެސް އައިސީޔޫގައި
ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހާ ބުދަ ދުވަހުގެ ރޭ ވަނީ ދޫކޮށްލާފައި

ދޯނީގެ ވަތް ސާފުކުރަން ފައިބައި އުޅެނިކޮށް ނޭވާ ހާސްވެ، ހާލުބޮޑުވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައި ވާއިރު އަނެއް މީހާއަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ހދ. އަތޮޅު ކައުންސިލްގެ މެމްބަރު އަބްދުﷲ ސިރާޖު ވިދާޅުވީ ހާލު ދެރަވެގެން ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 28 އަހަރުގެ ވ. ކެޔޮދޫ  ޝަނޫނު އަބްދުއްސަތާރު ފަރުވާ ދިނުމަށްފަހު ބުދަ ދުވަހުގެ ރޭ ދޫކޮށްލާފައިވާ ކަމަށެވެ.

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާ ދެމުންދާ ނ. ކެނދިކުޅުދޫ އުމުރުން 33 އަހަރުގެ ހުސެން ރަދީފުގެ ހާލު ރަނަގަޅު ވަމުން އަންނަ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ހއ. ތުރާކުނު ހުޅަނގު އުތުރުން 12 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އާރކް" ނަމަކަށް ކިޔާ ދޯނީގައި ތިބި ދެ މީހުން ހާލު ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހއ. ދިއްދުއަށް ގެންދިޔައީ އަންގާރަ ދުވަހުގެ ރޭގަ އެވެ.

ރަދީފު ކުޅުދުއްފުއްޓަށް ގެންދިޔައީ ދިއްދޫ ހޮސްޕިޓަލްގައި އައިސީޔޫއެއް ނެތުމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް